Advertisement
ކ. މާލެ
|
16 ޖެނުއަރީ 2019 | ބުދަ 09:36
ރޯޑް ޑިވައިޑަރ ފުނޑުފުނޑުވެ އޭގެ ބައިތައް މަގުމައްޗަށް އެޅިފައި
ރޯޑް ޑިވައިޑަރ ފުނޑުފުނޑުވެ އޭގެ ބައިތައް މަގުމައްޗަށް އެޅިފައި
މުހައްމަދު ޝަރުހާން
މަގުމަތީގެ އެކްސިޑެންޓް
ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
މީހަކު ޒަހަމެއް ނުވޭ

ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ޕިކަޕަކުން ޖެހި ސިނަމާލެ ބްރިޖްގެ "ރޯޑް ޑިވައިޑަރު"ގައި ބޮޑު ބައެއް ފުނޑުފުނޑު ވެއްޖެއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނި ގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ރޭ ފަތިހު 4:17 ހާއިރު އެވެ. މި އެކްސިޑެންޓްގައި ޕިކަޕުން ރޯޑް ޑިވައިޑަރުތަކުގައި ޖެހުމުގެ ސަބަބުން ގާތްގަނޑަކަށް 40 ފުޓް ފުނޑުފުނޑުވެފައިވަ ކަމަށް ފުލުހުން ބުނެ އެވެ. 

 

ހައިވޭގަައި ޔޫޓަރން ނަގާ ހިސާބުގައި ހިނގި މި އެކްސިޑެންޓްގައި މީހަކަށް ގެއްލުމެއް ނުލިބެ އެވެ. 

މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ. ނަމަވެސް ޕޮލިހުން ދަނީ އެކްސިޑެންޓް ހިނގަން މެދުވެރި ސަބަބު ތަހްގީގުކުރަމުންނެވެ. 

ހައިވޭގައި ބަހައްޓާފައިވާ ރޯޑް ޑިވައިޑަރުތަކަކީ ގަސް އިންދޭ ގޮތަށް ޕްލަސްޓިކުން ހަދާފައިވާ ޑިވަޑައިޑަރުތަކެކެވެ.

 

 

ބްރިޖް ހައިވޭގައި މީގެ ކުރިން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ޖިޕެއް ދަގަނޑު ރޯޑް ޑިވައިޑަރުގައި ޖެހި ފުރޮޅާލާފައިވެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް