ކ. މާލެ
|
16 ޖެނުއަރީ 2019 | ބުދަ 09:15
މަޝްހޫރު ލަވަކިއުންތެރިޔާ ސެލީނާ ގޮމޭޒް
މަޝްހޫރު ލަވަކިއުންތެރިޔާ ސެލީނާ ގޮމޭޒް
ގެޓީ އިމޭޖަސް
ސެލީނާ
ސެލީނާ ގޮމޭޒް އެނބުރި ސޯޝަލް މީޑިއާއަށް
ސެލީނާގޮމޭސްގެ 144 މިލިއަން ފޮލޯވާސްއަށާއި ފޭނުންނަށް އާ އަހަރުގެ ތަހުނިޔާ ކިޔާފައިވޭ
2012  ވަނަ އަހަރު ކިޑްނީ ޓްރާންސްޕްލާންޓް ހަދާ ދެ ފަހަރެއްގެ މަތިން ހޮސްޕިޓަލުން ފަރުވާ ހޯދި

މަޝްހޫރު ލަވަކިއުންތެރިޔާ އަދި އެކްޓްރެސް ސެލީނާ ގޮމޭޒް ސޯޝަލް މީޑިއާ އާއި ދުރުގައި ދުވަސްތަކެއް ހޭދަ ކުރުމަށްފަހު އޭނާގެ އިންސްޓަގްރާމްގައި ވަނީ ފުރަތަމަ ޕޯސްޓް ކޮށްފައެވެ.

އުމުރުން 24 އަހަރުގެ ސެލީނާ ގޮމޭސް ނިމިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ސޯޝަލް މީޑިއާއިން ބްރޭކެއް ނަގަމުން އޭނާއާމެދު ނުބައި ވިސްނުމެއް ނުގެން ގުޅުމަށް ސަޕޯޓަރުންގެ ކިބައިން ވަނީ އެދިފައެވެ.

އޭގެފަހުން ފުރަތަމަ ފަހަރަށް ސޯޝަލް މީޑިއާގައި އޭނާގެ 144 މިލިއަން ފޮލޯވާސްއަށާއި ފޭނުންނަށް އާ އަހަރުގެ ތަހުނިޔާ ކިޔުމަށްފަހު އެމީހުން  އޭނާއަށް ދޭ ސަޕޯޓަށް ޝުކުރު އަދާކޮށް ވަނީ ޕޯސްޓެއް ކޮށްފައެވެ.

އިތުރަށް މިޕޯސްޓްގައި ބުނެފައިވަނީ ވޭތިވެ ދިޔަ އަހަރަކީ އޭނާއަށް ބޮޑަތި ގޮންޖެހުންތަކެއް ކުރިމަތިވި އަހަރެއްކަމަށާއި އަދި އިތުރު ތަޖުރިބާ ތަކަކާއި ކުރިއެރުން ތަކެއްވެސް ލިބުނު އަހަރެއް ކަމަށެވެ.

އެކަންކަމަށް ފަޚުރުވެރިވާ ކަމަށާއި ފެށިގެން މިދާ އާ އަހަރަށް އާ އުއްމީދުތަކެއް ކުރާކަމަށް ވެސް އޭނާގެ އިންސްޓަރގްރާމް ޕޯސްޓްގައި ބުނެފައި ވެއެވެ.

ސެލީނާ ވަނީ އެންޒައިޓީއާއި ޑިޕްރޭޝަންއާއި މިނޫނަސް ނުރައްކާތެރި ސިއްހީ އެތައް މައްސަލަ ތަކަކާއި ކުރިމަތިވުމުން 2012  ވަނަ އަހަރު ކިޑްނީ ޓްރާންސްޕްލާންޓް ހަދާ ދެ ފަހަރެއްގެ މަތިން ހޮސްޕިޓަލުން ފަރުވާ ހޯދާފައެވެ.

2010 ވަނަ އަހަރު މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބެއިބައާއި ލޯބީގެ ގޮތުން ގުޅުމަށްފަހު ދެމީހުންގެ ދެމެދުގައި މައްސަލަތަކެއް ޖެހި ދުރުވުމަށްފަހު ސެލީނާގެ ކިޑްނީ ޓްރާންސްޕްލާންޓަށްފަހު 2017 ވަނަ އަހަރު އަނެއްކާވެސް މި ދެ ފާންނާނުން ވަނީ ލޯބީގެ ގޮތުން ގުޅިފައެވެ. ނަމަވެސް މާގިނަ ދުވަސްތަކެއްނުވެ ޖަސްޓިންވަނީ މަޝްހޫރު މޮޑެލްއެއް ކަމުގައިވާ ހެއިލީ ބާލްޑްވިން އާއި ކައިވެނީގެ ގޮތުން ގުލިފައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް