Advertisement
ކ. މާލެ
|
16 ޖެނުއަރީ 2019 | ބުދަ 08:54
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ރާއްޖެއެމްވީ
މަޖިލިސް އިންތިޚާބު 2019
މަޖިލީސް 19 ވެގެންދާނީ އެންމެ ކުޑަކޮށް ދެވޭނެ އުޖޫރަ ކަނޑައަޅާ މަޖިލީހަށް: ނަޝީދު
ބިދޭސީ މަސައްކަތް ތެރިން ރާއްޖެ ގެންނަނީ އަގުހެޔޮކޮށް މަސައްކަތްތައް ކުރާތީ

އޭޕްރީލް 6 ގައި އިންތިޚާބުކުރާ ރައްޔިތުންގެ މަޖިލިސް ވެގެންދާނީ މަސައްކަތްތެރިންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑަ އަޅައި އަދި މުދަލުގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށް މަސައްކަތްކުރާ މަޖިލީހަކަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕްރައިމަރީގައި މާފަންނު މެދު ދާއިރާއަށް ވާދަކުރައްވާ ފާރޫގު އުމަރުގެ ކެމްޕެއިން ހަފުލާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ދިވެއްސެއް ކަމުގައި ވިޔަސް އަދި ބިދޭސީއެއްކަމުގައި ވިޔަސް އެ މީހުންނަށް ދޭނެ އުޖޫރަ އެއްވަރު ކުރެވެންޖެހޭނެ ކަމަށާއި ކެއުމާއި ބުޔުމާއި ނިދުމާއި މިފަދަ ކަންތައްތައް ހުންނަންޖެހޭނީ އެންމެންނަށްވެސް އެއްގޮތަކަށް ކަމަށެވެ.

ދިވެހިން ކުރާ މަސައްކަތްތަކަށް ބިދޭސީން ގެނެސް އެމީހުންނާއި ދޭތޭރެ ވަރަށް އިހާނެތިކޮށް ބައެއް ފަރާތްތަކުން ކަންތައް ކުރަމުން ދާކަމަށާއި އެހެން ކަންތައް ކުރުމުން ހަމައެކަނި ނުކުންނަނީ އިންސާނީ ހައްގުތަކުގެ މައްސަލަ ނޫންކަމަށާއި އެކަމުން ނުކުންނަ އެންމެ ބޮޑު މައްސަލައަކީ ދިވެހިންނަށް ވަޒީފާ ނުލިބުން ކަމަށް ނަޝީދު ވިދާޅުވި އެވެ. 

އަލަށް އިންތިޚާބު ކުރެވޭ މަޖިލީހަކީ ބިދޭސީ މީހާ އާއި ދިވެހި މަސައްކަތްތެރިންގެ އުޖޫރަ އެއްވަރު ކުރުމަށްޓަކައި މަސައްކަތް ތަކެއް ކުރާނެ މަޖިލީހަކަށް ވެގެންދާނެ ކަމަށާއި އެކަން އެގޮތަށް ހިނގާނެކަމަށް، ކުރިން ވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ ނަޝީދު ވިދާޅުވި އެވެ. 

"ތަރަށްގީވެފައިވާ އެހެނިހެން ގައުމު ތަކުގައިވެސް ވަޒީފާއެއް އެހެން މީހަކަށް ދެވެނީ އެ ގައުމުގައި އެކަމެއްގެ އިލްމު ނުވަތަ ހުނަރު ހުރި ބަޔަކު ނެތް ހިނދެއްގައި. ފުރަތަމަ ބަލަންޖެހެނީ ގައުމުން އެކަން ކުރާނެ ބަޔަކު ތިބިތޯ. ރާއްޖޭގައި ކަންކަން ހިނގަމުން ދަނީ އެއާ ތަފާތުކޮށްކަން" ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގައި ބިދޭސީން ލައްވާ މަސައްކަތް ކުރުވަނީ ދިވެހިން ނުލިބިގެން ނޫންކަމަށާއި އަތުން ކުރަންޖެހޭ ހޭދަ ކުޑަ ތަންކޮޅެއް ބޮޑުވުމުން ކަމަށް ނަޝީދު ވިދާޅުވިއެވެ.  

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޝާން އަނީސް
- ކޮމެންޓް