ކ. މާލެ
|
16 ޖެނުއަރީ 2019 | ބުދަ 01:25
2019 ޖެނުއަރީ 15 ގައި އިނގިރޭސިވިލާތުގެ ގާނޫނުހަދާ މަޖިލީހުގައި ނެގި ވޯޓަށްފަހު ބޮޑުވަޒީރު ތެރީސާ މޭ ވާހަކަދައްކަވަނީ
2019 ޖެނުއަރީ 15 ގައި އިނގިރޭސިވިލާތުގެ ގާނޫނުހަދާ މަޖިލީހުގައި ނެގި ވޯޓަށްފަހު ބޮޑުވަޒީރު ތެރީސާ މޭ ވާހަކަދައްކަވަނީ
ބީބީސީ
ބްރެކްސިޓް
ބްރެކްސިޓް އެއްްބަސްވުމަށް މެމްބަރުން ނޫނެކޭ ވިދާޅުވެއްޖެ
މޭގެ ހުށަހަޅުއްވުމާދެކޮޅަށް 230 މެމްމަބަރުން ވޯޓްދެއްވި

އިނގިރޭސި ވިލާތް, ޔޫރަޕްގެ އިއްތިހާދު (އީޔޫ) އިން ވަކިވުމަށް އެކުލަވާލައި ބޮޑުވަޒީރު ތެރީސާ މޭ ހުށަހެޅުއްވި ހުށަހެޅުއްވުމަށް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ދެކޮޅު ހައްދަވައިފިއެވެ.

ބޮޑުވަޒީރު މޭގެ ހުށަހަޅުއްވުމާދެކޮޅަށް 230 މެމްމަބަރުން ވޯޓްދެއްވާފައިވާއިރު މިއީ އެ ގައުމުގެ ތާރީޚުގައި ބޮޑުވަޒީރު ކަމުގެ މާގާމުގައި ހުންނެވި ބޭފުޅެއްގެ ހުށަހެޅުމާ ދެކޮޅަށް އެންމެ ގިނަ ވޯޓް ލިބުނު ފަހަރެވެ.

މާޗް މަހުގެ 29ން ފެށިގެން އިނގިރޭސިވިލާތް އީޔޫއިން ވަކިވުމަށް އެކުލަވާލާފައިވާ އެއްބަސްވުމާ އެއްކޮޅަށް 202 މެމްބަރަކު ވޯޓް ދެއްްވާފައިވާއިރު ދެކޮޅަށް ވޯޓްދެއްވި މެމްބަރުންގެ ތެރޭގައި ވެރިކަންކުރާ ކޮންޒަވެޓިވް ޕާޓީައަށް ނިސްބަތްވާ 118 މެމްބަރަކު ހިމެނިވަޑައިގަންނަވައެވެ.

މޭއަށް ވޯޓް ކާމިޔާބު ނުކުރެވުމުން ލޭބަރ ޕާޓީގެ ލީޑަރ ޖެރެމީ ކޯބީން ބޮޑުވަޒީރާ ދެކޮޅަށް ހުށަހަޅުއްވާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ މިހާރު ވަނީ ތާވަލުކުރެވިފައެވެ.

މޭގެ އިތުބާރު ނެތްކަމަށް ފާސްވެ މެޖޯރިޓީ ލީޑަރަކަށް ވެވަޑައިގަންނަވާ ބޭފުޅަކަށް އިތުބާރު އޮތްތޯ ބެލުމަށް ވޯޓެއް ނެގުމަށް 14 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. އެ ވޯޓް މެޖޯރިޓީ ލީޑަރަށް އިތުބާރު އޮތްކަމަށް ކާމިޔާބުވެވަޑައިނުގެންފި ނަމަ އާއްމު އިންތިޚާބެއް ބާއްވަންޖެހޭނެއެވެ.

އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމާ މެދު 2016 ވަނަ އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހު ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި އީޔޫ އިން ވަކިވުމަށް ފެންނަ ކަމަށް 52 އިންސައްތަ މީހުން ވޯޓް ދީފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް