ކ. މާލެ
|
16 ޖެނުއަރީ 2019 | ބުދަ 02:11
ހަމަލާތައް ފެށިފައިވަނީ ކެންޔާގެ ގަޑިން 15:00 ހާއިރު
ހަމަލާތައް ފެށިފައިވަނީ ކެންޔާގެ ގަޑިން 15:00 ހާއިރު
ބީބީސީ
ސޯމާލިއާ
ކެންޔާގެ ވެރިރަށް ނައިރޯބީގެ ހޮޓެލް ކޮމްޕްލެކްސްއަކަށް ހަމަލާދީފި
ހަަމަލާދެވުނު ހޮޓަލަކީ 101 ކޮޓަރީގެ ތަނެއް

ކެންޔާގެ ވެރިރަށް ނައިރޯބީގެ މަތީ ފަންތީގެ ހޮޓެލް ކޮމްޕްލެކްސްއަކަށް ހަނގުރާމަވެރިންކަމަށް ބެލެވޭ ބަޔަކު ބަޑިއާއި ގޮވާތަކެތި ބޭނުކޮށްގެން ދިން ހަމަލާއެއްގައި އެތައް ބަޔަކު މަރާލާއިފިއެވެ.

ބަޑީގެ އަޑާއި އެއްޗެތި ގޮވާލާއަޑު އިވިފައިވަނީ ވެރިރަށް ނައިރޯބީގެ ވެސްޓްލޭންޑްޑިސްޓްރިކްޓުގައި ހުންނަ ދުސިޓް ހޮޓެލްއާއި އޮފީހުންނެވެ.

ސޯމާލިއާގައި އޮންނަ އަލް ޝަބާބުން ވަނީ އެ ހަމަލާއަކީ އެ ޖަމާއަތުގެ ހަމަލާއެއްކަމަށް ބުނެފައެވެ.

ލެއިން ތައްތެޅިފައިވާ ބައެއް މީހުންގެ ހަށިގަނޑުތައް ހޮޓަލުގެ ތެރެއިން ފުލުހުން ނެރެފައިވެއެވެ.

އަންގާރަ ދުވަހުގެ ރޭ ސަރުކާރުން ވަނީ ހުރިހާ އިމާރާތްތަކެއްވެސް ރައްކާތެެރިކުރެވިފައިވާކަމަށް ވިދާޅުވެފައެވެ.

ހަމަލާތައް ފެށިފައިވަނީ ކެންޔާގެ ގަޑިން 15:00 ހާއިރުއެވެ. ހަނގުރާމަވެރިން ފަރަތަމަ ވަނީ ލޮބީއަށްވަނުމުގެ ކުރިން ކާރު ޕާކުކުރާ ސަރަހައްދަށް ބޮމެއް އެއްލާފަކަމަށާއި އެކަކު ޖާނު ގޮއްވާލާފައިވަނީ އެތަނުގައި ހުރެކަމަށް ކެންޔާގެ ފުލުހުންގެ ވެރިޔާ ޖޯސެފް ބޮއިނެޓް ރިޕޯޓަރުންނަށް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް