Advertisement
ކ. މާލެ
|
15 ޖެނުއަރީ 2019 | އަންގާރަ 18:35
ދޫނިދޫ - ދޫނިދޫ ޖަލު ބޭނުންކުރަނީ ތަހުޤީޤް މަރުހަލާގައި މީހުން ބަންދުގައި ބެހެއްޓުމަށް
ދޫނިދޫ - ދޫނިދޫ ޖަލު ބޭނުންކުރަނީ ތަހުޤީޤް މަރުހަލާގައި މީހުން ބަންދުގައި ބެހެއްޓުމަށް
ގޫގުލް
ދޫނިދޫ ޖަލު
ފޭރުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފަ ހުރި މީހަކު މަރުވެއްޖެ
މަރުވެފަިއވަނީ އުމުރުން 23 އަހަރުގެ މީހެއް
މައްސަލަ ފުލުހުން އަންނަނީ ތަހުޤީޤްކުރަމުން

ފޭރުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފަ ހުރި މީހަކު މަރުވެއްޖެ އެވެ. 

ފުލުހުން ބުނީ، ފޭރުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފައިހުރި 23 އަހަރުގެ އަންހެން މީހާ މަރުވީ ދޫނިދޫ ޖަލުގައި ކަމަށެވެ. އަދި އެކަން ހިނގައިދިޔަގޮތް ފުލުހުން ދަނީ އިތުރަށް ބަލަމުންކަމަށް ފުލުހުން ބުންޏެވެ. 

ފުލުހުން ބުނީ މަރުގެ މައްސަލަ ހިނގުމާއެކު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް އަދި ދައުލަތުގެ ކަމާއިބެހޭ އިދާރާތަކަށް އެކަން އަންގާފައިވާކަމަށެވެ. އަދި އެޗްއާރުސީއެމްއިންވެސް މަރުގެ މައްސަލަ ތަހުޤީޤްކުރަމުންދަކަމަށް ފުލުހުން ބުންޏެވެ. 

މަރުގެ އެ މައްސަލައާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ. 

ދޫނިދު ޖަލަކީ ތަހުޤީޤް މަރުހަލާގައި މީހުން ހައްޔަރުކޮށްފައި ބެހެއްޓުމަށް ބޭނުންކުރާ ޖަލެކެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
15 ޖެނުއަރީ 2019 | އަންގާރަ 13:37
ޔަސް
މިހާރު ނުވާނެ ރޔ ނެތިއްޔަ