Advertisement
ކ. މާލެ
|
15 ޖެނުއަރީ 2019 | އަންގާރަ 14:49
ބޭސް ފުޅިތައް ނައްތާލުމުގެ މަސައްކަތް އެމްއެންޑީއެފް އިން ދަނީ ކުރަމުން
ބޭސް ފުޅިތައް ނައްތާލުމުގެ މަސައްކަތް އެމްއެންޑީއެފް އިން ދަނީ ކުރަމުން
މުހައްމަދު ޝަރުހާން
ލީކް ވުން
ހެލްތު މިނިސްޓްރީގައި ހުރި މަދިރި ބޭސްތަކެއް ލީކްވެ ދެ މީހަކަށް ފަރުވާ ދޭންޖެހިއްޖެ
40 ފުޅީގެ ތެރެއިން ލީކް ވީ އެންމެ ފުޅިއެއް
އިމާރާތުން މީހުން ވަނީ ހުސްކޮށްފައި

ހެލްތު މިނިސްޓްރީ ހިންގާ ރޯޝަނީ ބިލްޑިންގގެ ތިރީގައި ބަހައްޓާފައި ހުރި މުއްދަތު ހަމަވެފައިވާ ބޭސްފުޅިތަކެއްގެ ތެރެއިން ފުޅިއެއް ފަޅައިގެން ގޮސް ދެ މީހަކަށް ފަރުވާ ދޭންޖެހިއްޖެއެވެ. 

އެމްއެންޑީއެފުން ބުނީ ހެލްތު މިނިސްޓްރީ ހިންގާ ހ. ރޯޝަނީ ބިލްޑިން ތިރީގައި މުއްދަތު ހަމަވެގެން އުކާލަން ބަހައްޓާފައި ހުރި މަދިރި ބޭސްފުޅިތަކެއްގެ ތެރެއިން، ފުޅިއެއް ލީކުވެ، އޭގެ އަސަރުކޮށްގެން ދެ އަންހެނަކު ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ ސިފައިން އެތަނަށް ގޮސް، މަދިރި ބޭސް ލީކުވުން ހުއްޓުވާފައިވާ ކަމަށެވެ. އަދި އެ އިމާރާތުގައި ތިބި މުވައްޒަފުން މިހާރު ވަނީ ހުސްކޮށްފައެވެ. 

ރޯޝަނީ ބިލްޑންގް ކައިރީގައި ފަޔާރ އެންޑް ރެސްކިޔު ހަރަކާތްތެރިވަނީ

 

މުއްދަތު ހަމަވެގެން އެ ތަނުގައި ބަހައްޓާފައި ހުރީ 40 ފުޅި ކަމަށާއި އޭގެ ތެރެއިން ލީކުވީ އެންމެ ފުޅިއެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

އެ ބޭސްފުޅިތައް ނައްތާލުމަށްޓަކައި ތިލަފުށްޓައް ގެންދިޔުމަށް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު އިން މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
15 ޖެނުއަރީ 2019 | އަންގާރަ 15:40
ދެންގެންގޮސް
ދެންގެންގޮސް ސިއްރުން ތިލަފުށީގަ ވަޅުލާ