Advertisement
ކ. މާލެ
|
15 ޖެނުއަރީ 2019 | އަންގާރަ 14:28
ރައީސް ނަޝީދު އިންތިހާބުގައި ވާދަކުރައްވާނެ ކަމުގެ ޔަގީންކަން ޕާޓީގެ މެމްބަރުންނަށް އެމްޑީޕީން ވަނީ ދީފައި
ރައީސް ނަޝީދު އިންތިހާބުގައި ވާދަކުރައްވާނެ ކަމުގެ ޔަގީންކަން ޕާޓީގެ މެމްބަރުންނަށް އެމްޑީޕީން ވަނީ ދީފައި
ރާއްޖެ އެމްވީ
ރައްޔިތުންގެ މަޖިލިސް
އިސްލާހު ބަލައެއްވެސް ނުގަންނާނެ: ރައީސް ނަޝީދު ވާދަކުރައްވާނެ: އެމްޑީޕީ
ދިއްދޫ ދާއިރާގެ މެމްބަރު ހުށަހެޅުއްވި އިސްލާހަކީ ގާނޫނު އަސާސީއާ ޚިލާފް އިސްލާހެއް
އެ އިސްލާހު މަޖިލީހަކަށް ބަލައެއް ނުގަނެވޭނެ

ރާއްޖޭގެ ރައީސްކަން ކުރެއްވި އެއްވެސް ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަ ނުކުރެއްވޭ ގޮތް ހަދަން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު މަޖިލީހަށް ހުށަހެޅުއްވި އިސްލާހަކީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ހުށަހެޅުއްވި އިސްލާހެއް ކަމަށް އެމްޑީޕީން ބުނެފިއެވެ.

ޖުމްހޫރީ ޕާޓީގެ މެމްބަރު ލަތީފް ހުށަހެޅުއްވި އިސްލާހަށް ކަންބޮޑުވުން ފާޅުކުރައްވާ އެމްޑީޕީން އަންގާރަދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕާޓީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވީ ދިއްދޫ ދާއިރާގެ މެމްބަރު ހުށަހެޅުއްވި އިސްލާހަކީ ގާނޫނު އަސާސީއާ ހިލާފް އިސްލާހެއް ކަމަށެވެ.

ލަތީފް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އަށް ވަނަ މާއްދާގެ (ނ) އަށް ނަމްބަރެއް އިތުރު ކުރުމަށެވެ. އިންތިހާބުގައި ވާދަ ނުކުރެވޭނެ ފަރާތްތައް ބަޔާންކުރާ އެ މާއްދާގެ ފަސް ވަނަ ނަމްބަރަކަށް ލަތީފް ހުށަހެޅުއްވީ "ރައީސްކަން ކޮށްފައިވާ ފަރާތަކަށް ވުން" މި ޝަރުތެވެ. އެ ގާނޫނު މިހާރު އޮތް ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަ ނުކުރެވޭ މީހުންގެ ތެރޭގައި ހިމެނެނީ ފަނޑިޔާރުނެވެ.

ހަސަން ލަތީފް ވިދާޅުވީ ގާނޫނު އަސާސީގައި އެއްވެސް ޝަރުތުތަކެއް ކަނޑައަޅާފައި އޮތް ކަމުގައި ވާނަމަ ގާނޫނަކުން އެކަން އުނިވެސް ނުކުރެވޭނެ ކަމަށާއި އަދި  ޝަރުތުތަކެއް ވެސް އިތުރަށް ހުށަނޭޭޅޭނެ ކަމަށެވެ. ޗެއަރޕާސަން ވިދާޅުވީ ގާނޫނު އަސާސީން ވަކި ޝަރުތުތަކެއް ކަނޑައަޅާފައި އޮތް ކަމެއް ބަދަލުކުރަން ވެއްޖެ ނަމަ ޖެހޭނީ ގާނޫނު އަސާސީ އިސްލާހުކުރަން ކަމަށެވެ.

"ލަތީފް ހުށަހެޅި އިސްލާހަކީ ގާނޫނު އަސާސީއާ ތައާރަޒުވާ އިސްލާހެއް، ގާނޫނު އަސާސީގައި ޝަރުތުތަކެއް ކަނޑައަޅާފައިވާނަމަ އެ ޝަރުތުތަކެއް ގާނޫނަކުން އުންޏެއް ވެސް ނުކުރެވޭނެ އިތުރަށް ޝަރުތެއް އިތުރު ވެސް ނުކުރެވޭނެ، އެކަން ކުރެވޭނީ ގާނޫނު އަސާސީ އިސްލާހުކޮށްގެން،" ހަސަން ލަތީފް ވިދާޅުވިއެވެ

 

ހަސަން ލަތީފް ވިދާޅުވީ ދިއްދޫ ދާއިރާގެ މެމްބަރު ހުށަހެޅުއްވި އިސްލާހަކީ މަޖިލީހަށް ބަލައިގަންނާނެ، އަދި ބަލައިގަނެވޭނެ އިސްލާހެއް ވެސް ނޫން ކަމަށެވެ.

ކޯލިޝަންސް ޕާޓީތަކުގައި ހިމެނޭ މެމްބަރުންގެ އަމަލުތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވާ ވާހަކަދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ކޯލިޝަންސްގެ ތެރޭގައި ހިމެނޭ  މެމްބަރުން ވަކި ވަކިން އަމަލުކުރާ ގޮތް އެހާ ރަނގަޅު ނޫން ކަމަށެވެ.

ހަސަން ލަތީފް ވަނީ ރައީސް ނަޝީދު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާނެ ކަމުގެ ޔަގީންކަން ޕާޓީގެ މެމްބަރުންނަށް ދެއްވާފައެވެ.

ކޯލިޝަންގެ ތެރެއިން ރައީސް ނަޝީދަށް އަމާޒުކުރައްވާ އިސްލާހެއް ހުށަހެޅުއްވުން ކޯލިޝަންގެ ތެރޭގައި ރެނދު ލާފައިވަނީތޯ ރާއްޖެ އެމްވީން ސުވާލު ކުރުމުން ޗެއަރޕާސަން ވިދާޅުވީ ލަތީފު، އެ އިސްލާހު ހުށަހެޅުއްވުމަކީ ކޯލިޝަންގެ ތެރޭގައި މައްސަލައެއް އުޅޭ ކަމުގެ ނިޝާނެއް ނޫން ކަމަށެވެ. އެ އިސްލާހަކީ ކޯލިޝަންގައި މަޝްވަރާ ކުރެވިގެން ހުށަހެޅި އިސްލާހެއް ނޫން ކަމަށް ޕީޖީ ލީޑަރު ރިޔާޒު ވިދާޅުވެފައިވުމަކީ ހިތްހަމަޖެހުމެއް ކަމަށް ވެސް ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް