Advertisement
ކ. މާލެ
|
15 ޖެނުއަރީ 2019 | އަންގާރަ 09:56
ހެރިޓޭޖް މިނިސްޓަރު ޔުމްނަ
ހެރިޓޭޖް މިނިސްޓަރު ޔުމްނަ
މުހައްމަދު ޝަރުހާން
ޅެންވެރިންގެ ދުވަސް
ޅެންވެރިކަން ކުރިއެރިވުމުގެ މަސައްކަތް ފުޅާކުރަންޖެހޭ: މިިނިސްޓަރު ޔުމްނާ
ޅެންވެރިންގެ ދުވަހުގެ ރަސްމީ ހަރަކާތްތައް ރ. އިނގުރައިދޫގައި

ޅެންވެރިކަމަކީ މާނަވި ތަރިކައިގެ ތެރޭގައި ހިމެނޭ މުހިންމު އަދަބީ ތަރިކައެއް ކަމަށާއި ދިވެހި ޅެންވެރިކަން ކުރިއަރުވައި ތަރައްގީ ކުރުމުގެ މަސައްކަތް މިހާރަށް ވުރެ ފުޅާކުރަން ޖެހޭ ކަމަށް ހެރިޓޭޖް މިނިސްްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ 30 ވަނަ ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ޔުމްނާ ދެއްވި ހިތާބުގައި ވިދާޅުވެފައި ވަނީ ކޮންމެ އެއްޗަކީ ހިމާޔަތްކޮށް ދަމަހައްޓަން ޖެހޭ އަގުބޮޑު މާނަވި ތަރިކައެއް ކަމަށާއި ޅެންވެރިކަން ދިރުވައި އަލާ ކުރެއްވުމުގެ މަސައްކަތްކޮށް، ޅެންވެރިންގެ އަގު ވަޒަންކުރަންޖެހޭ ކަމަށެވެ.

"އެ ބޭފުޅުންނަށް ޝުކުރާއި ތައުރީފު ދަންނަވާންޖެހޭ. ދިވެހިޅެންވެރިކަން ކުރިއެރުއްވައި ތަރައްގީ ކުރައްވާ މަސައްކަތްޕުޅުތައް މިހާރަށް ވުރެ ފުޅާކުރައްވާން އަޅުގަނޑު އިލްތިމާސްކުރަން. ޅެންވެރިންގެ އުފެއްދުންތަކާއި ދިވެހި އަދަބީ ފަންނުތައް ބައިނަލްއަގުވާމީ ދުނިޔެއަށް މިހާރަށް ވުރެ ހާމަކަން ބޮޑު ގޮތެއްގައި ދެއްކޭނެ ގޮތްތައް ކަމާއިބެހޭ އެންމެހައި ފަރާތްތަކުން ފަހިކޮށް ދެއްވާން އަޅުގަނޑު އިލްތިމާސްކުރަން،" ޔުމްނާ ވިދާޅުވި އެވެ.

ޅެންވެރިންގެ ދުވަސް ނިސްބަތްކޮށްފައި ވަނީ ދިވެހި ޅެން ވެރިކަމުގެ ބަގީޗާއިން ފަރިވި ޝާއިރުއް ޝަބާބު އިބްރާހިމް ޝިހާބަށެވެ. މި އަހަރުގެ ޅެންވެރިންގެ ދުވަސް ތަހްސީސްކޮށްފައި  މަޝްހޫރު އެދުރުބެ އަލްމަރުހޫމު ޔޫސުފް މުހައްމަދު ފުޅަށްެވެ.  އަދި މި އަހަރުގެ ޅެންވެރިންގެ ދުވަހުގެ ރަސްމީ ހަރަކާތްތައް ބާއްވަވަން ހަމަޖައްސާފައި ވަނީ ޔޫސުފް މުހައްމަދު ފުޅުގެ އުފަން ރަށް، ރ. އިނގުރައިދޫގަ އެވެ.

މިނިސްޓަރު ޔުމްނާ ވިދާޅުވި ގޮތުގައި ޅެންވެރިކަމަކީ ކޮންމެ އަދަބިއްޔަތެއްގައި ވެސް އެކުލެވޭ އެންމެ ފަށުވި ފަންނު ކަމަށާއި އެ ފަންނު ދިރުވައި އަލަކޮށް ދެމެހެއްޓުމަށްޓްމަކީ އެ އަދަބިއްޔާތެއްގެ އަހްލުވެރީންގެ ވަރަށް ބޮޑު ޒިންމައެއް ކަމަށެވެ. ޅެންވެރިކަމުގެ އެންމެ މުހިންމު މަގުސަދަކީ ޝުއޫރުތައް ހާމަކުރުން ކަމަށާއި ހިތް އުފާކޮށް ދިނުން ކަމަށް ވެސް ޔުމްނަ ވިދާޅުވިއެވެ.

"ޅެންވެރިކަމުގެ ޝުއޫރުތަކާއި އިހްސާސްތައް އަދަބުގެ އެހެން ވައްތަރުތަކަށް ވުރެ އަސަރު ގަދަ، ގައުމިއްޔަތާއި އަހުލާގިއްޔަތާއި ތަހުޒީބާއި ތަމައްދުންގެ ރޫހު އާލަކޮށް ޖޯޝް އުފެއްދުމުގައި ޅެންވެރިކަން ވަރަށް ބޮޑު ދައުރެއް އަދާކުރޭ،" މިނިސްޓަރު ވިދާޅުވިއެވެ.

ޅެންވެރިކަމަކީ މާނަވި ތަރިކައިގެ ތެރޭގައި ހިމެނޭ މުހިންމު އަދަބީ ތަރިކައެއް ކަމަށާއި ދޫޫ މަތީން ވާރިދުވަމުން އައިސްފައިވާ އެތައް ސަތޭކަ އަހަރުވީ އަދަބީ ތަރިކަ ދިވެހި ރާއްޖޭގައި ވެސް އެބަހުރި ކަމަށް މިނިސްޓަރު ޔުމްނާ ވިދާޅުވިއެވެ.

ރައިވަރު ބައިންނާއި ބަނދިންނައި ކާ ތަކުންނާއި ރައިވަރާއި ފަރިހިންނާއި ޅެމާއި އަންބާ އާއި ލަވަ ފަދަ ބާވަތްތަކުން ހުރި ވާހަކަތަކާއި ތާރީޚި ހާދިސާތައް އެބަހުރި ކަމަށާއި މިފަދަ ކޮންމެ އެއްޗަކީ ހިމާޔަތްކޮށް ދަމަހައްޓަން ޖެހޭ އަގުބޮޑު މާނަވި ތަރިކައެއް ކަމަށް މިނިސްޓަރު ޔުމްނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް
15 ޖެނުއަރީ 2019 | އަންގާރަ 15:39
ޅެންނުކިއިގެންދޯ
ޅެންނުކިއިގެންދޯ މިއުޅެނީ، އަނގަޔާ އަތާދިމާވިއްޔާ މަފުރިހަމަވާނެ