Advertisement
ކ. މާލެ
|
15 ޖެނުއަރީ 2019 | އަންގާރަ 05:03
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
މުހައްމަދު ޝަރުހާން
އެމްޑީޕީ މަޖިލިސް ޕްރައިމަރީ
މާލޭގެ 15 ގޮނޑި މިފަހަރު އެމްޑީޕީއަށް ލިބޭނެ: ރައީސް ނަޝީދު
އެމްޑީޕީއަށް މިރާއްޖެ ބަދަލުކުރެވޭނެެކަން މިހާރު ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެކަމަށް ވިދާޅުވި

އެހެންފަހަރުތަކާ ޚިލާފަށް މިފަހަރުގެ މަޖިލިސް އިންތިޚާބުގައި މަލޭގެ 15 ގޮނޑި އެމްޑީޕީއަށް ލިބޭނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ގަލޮޅު ދެކުނު ދާއިރާއަށް އެމްޑިޕީގެ ޕްރިމައިމަރީގައި ވާދަކުރައްވާ މުހައްމަދު ހަލީމްގެ ކެމްޕެއިން އިފްތިތާހުކޮށްދެއްވުމަށް ހޯމަ ދުވަހުގެރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ދިވެހިރާއްޖޭގެ ކަންކަން ހަމަ މަގުގައި ބޭއްވުމަށް ކޮންމެހެން ބޭނުން އެއްކަމަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް މަޖިލީހުގެ އަޣުލަބިއްޔަތު ހޯދައިދިނުންކަމަށެވެ.

"އެހެންފަހަރު ތަކާއި ޚިލާފަށް މިފަހަރުގެ މަޖިލިސް އިންތިޚާބުގައި މަލޭގެވެސް 15 ގޮނޑި އެމްޑީޕީއަށް   ލިބިގެންދާތން ތިބޭފުޅުންނަށް ފެނިގެންދާނެ. ބަލަ ރައްޔިތުންގެ މައްސަލަތައް ހުއްޓިފައި ހުރީ ހަމައެކަނި ބޯ ހިޔާވަހިކަމާއި ހިސާބުގައެއް ނޫން.ވަޒީފާގެ ފުރުސަތު ބޭނުންވާ ކިތަންމެ ބައެއް. ޚާއްސަގޮތެއްގައި ޒުވާނުން. މާލޭގެ އާބާދީގެ 60 ޕަސެންޓަކީ އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުން.މިދެންނެވި މީހުންގެ ތެރެއިން އަދި އަނެއް 60 ޕަސެންޓަކީ ވަޒީފާއެއް ނެތް މީހުން.އެމީހުން ދާނެތަނެއްވެސް ކުރާނެ ކަމެއްވެސް ވަކި ނެތް.އެމީހުން މަގުން ކައްސާލައިގެން ދަނީ އެތަށް އެތަށްކަމެއް އެމީހުންގެ ހަޔަތުގައި ދިމާވެފައިވާތީވެ" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވިގޮތުގައި އެމްޑީޕީގެ ސިޔާސަތުތަކަކީ ހަޔާތުގައި ދިމާވެފައިވާ ބަދު ނަސީބު، ނަސީބުވެރި ހަޔާތަކަށް ބަދަލުކޮށްދިނުމަށް ގެންގުޅޭ ސިޔާސަތެކެވެ. އެމްޑިޕީން އެދެނީ އިރުހަނދާއި ތަރިތައް ރައްޔިތުންނަށް ގެނެސް ދިނުން ނޫންކަމަށާއި، ބޯހިޔާވަހިކަމާއި، އެބޭފުޅުން އެދެނީ ބޭސްސިޓީއާއި، ގެ ކުއްޔާއި ބިލްތައް ދައްކާލައިގެން ނުދަރާ އުޅެވޭނެ އާދައިގެ ދިރިއުޅުމެއް ޔައްޔިތުންނަށް ހޯދައި ދިނުމަށްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެގޮތުން މަޖިލިސް 19 ވެގެންދާނީ ރައްޔިތުންނަށް ގަދަރުވެރި ހަޔާތެއް ހޯދައިދިނުމުގެ ބިންގަލެއް އަޅައިދޭ މަޖިލީހަކަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ދަރިންނާއި އެދަރިންގެ ދަރިންނަށްވެސް ގޮތެއް ހޯދައިދިނުމުގެ ބިންގަލެއް އަޅައިދެވޭ މަޖިލީހަކަށް އެ މަޖިލިސް ވެގެންދަނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީއަށް މިރާއްޖެ ބަދަލުކުރެވޭނެެކަން މިހާރު ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް