Advertisement
ކ. މާލެ
|
15 ޖެނުއަރީ 2019 | އަންގާރަ 00:59
ރައީސް ސާލިހައި ޔޫއޭއީގެ ވަލީ އަހުދާއި ދެބޭފުޅުން
ރައީސް ސާލިހައި ޔޫއޭއީގެ ވަލީ އަހުދާއި ދެބޭފުޅުން
ރައީސް އޮފީސް
ރައީސް ސާލީހު
ޔޫއޭއީއިން ރާއްޖެއަށް އިތުރު އެހީތައް ދޭނެ ކަމުގެ ޔަގީންކަން ދީފި
ދަނޑުވެރިކަމާއި މަސްވެރިކަން ކުރިއަރުވަން އެހީވާނެ ކަމުގެ ޔަގީންކަން ދިން ކަމަށް ވިދާޅުވި

ރާއްޖޭގެ ދަނޑުވެރިކަމާއި މަސްވެރިކަން ކުރި އަރުވަން ޔުނައިޓެޑް އަރަބި އެމިރޭޓްސް، ޔޫއޭއީ އިން އެހީވެދޭން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

މި ދެ ސިނާއަތް ކުރިއެރުވުމާ ބެހޭ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އެ ގައުމުގެ ވަލީ އަހުދު އަދި އެ ގައުމުގެ ސިފައިންގެ ޑެޕިއުޓީ ކޮމާންޑަރު، މުހައްމަދު ބިން ޒައިދު އަލް ނަހްޔާންއާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފައެވެ.

އެ ބައްދަލުވުމުގައި ރާއްޖެއާ އާއެކު އޮތް ގުޅުން އިތުރަށް ހަރުދާނާކޮށް އެހެނިހެން ދާއިރާތަށް ވެސް ކުރި އަރުވައި ތަރައްގީ ކުރުމަށް އެހީވެދޭނެ ކަމުގެ ޔަގީންކަން ޔޫއޭއީ އިން ދީފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. ހާއްސަކޮށް ދަނޑުވެރިކަމާއި މަސްވެރިކަން ކުރިއަރުވަން އެހީވާނެ ކަމުގެ ޔަގީންކަން ދިން ކަމަށް ވެސް ބުންޏެވެ.

ރައީސް ސޯލިހުގެ އެ ދަތުރުފުޅަކީ، އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކްގެ ނަމުގައި މެދުއިރުމަތީގައި ކޮންމެ އަހަރަކު ބާއްވާ ބޮނޑު އެއްވުމުގައި ބައިވެރިވުމަށް އެމަނިކުފާނު އެ ގައުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސްގެ އެ ދަތުރު ފުޅުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ. ފޮރިން މިނިސްޓަރު ޝާހިދު ވެސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހު ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިވެ، އާ ފުރުސަތުތަކެއް ހުޅުވިގެން ގޮސްފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް