Advertisement
ކ. މާލެ
|
15 ޖެނުއަރީ 2019 | އަންގާރަ 01:07
ރައީސް ސާލިހު ޔޫއޭއީގެ އެނަރޖީ މިނިސްޓަރ އާއި ދެބޭފުޅުން
ރައީސް ސާލިހު ޔޫއޭއީގެ އެނަރޖީ މިނިސްޓަރ އާއި ދެބޭފުޅުން
މުހައްމަދު ޝަރުހާން
ރައީސް ސާލިހު
ރާއްޖެއިން ވަނީ އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް އަމާޒުހިފާފަ: ރައީސް
އެ މަސައްކަތްތުގައި ރާއްޖެއަށް ޔޫއޭއީގެ އެއްބާރުލުން ދެނީ

ރާއްޖެއިން އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް އަމާޒުހިފާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ އަބޫދާބީގެ ވަލީ އަޙުދު އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ އޮފް އާމްޑް ފޯސަސް، މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދަޢުވަތަކަށް، އެ ޤައުމަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް، ޔޫއޭއީގެ މިނިސްޓަރ އޮފް އެނަރޖީ އެންޑް އިންޑަސްޓްރީ ޞުޙައިލް މުޙައްމަދު ފަރަޖް އަލް މަރްޒޫޢީ ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހޯމަ ދުވަހު އޮތް އެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ޔޫއޭއީގެ އެނަރޖީ މިނިސްޓަރ ވިދާޅުވީ އިޢާދަކުރަނިވި ޙަކަތަ އުފެއްދުމަށް ޝަޢުގުވެރިވާ ފަރާތްތަކުން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިޢާދަކުރަނިވި ހަކަތަ އުފެއްދުމަށް ކުރާ މަސައްކަތްތަކުގައި ޔޫއޭއީގެ އެހީތެރިކަން މިހާރު ވެސް ފޯރުކޮށް ދެއްވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ އިއާދަކުރަނިވި ހަކަތަ ބޭނުން ކޮށްގެން އުފައްދާ ކަރަންޓުގެ އަގު ފާއިތުވި އަހަރުތަކުގައި ހެޔޮވަމުން އަންނަކަން ފާހަގަ ކުރައްވާފައެވެ.

ޔޫއޭއީގެ އެނާޖީ މިނިސްޓަރުގެ ވާހަކަފުޅުގައި ރާއްޖޭގައި އިޢާދަ ކުރަނިވި ޙަކަތަ އުފެއްދުމަށް ކުރާ މަސައްކަތް ކާމިޔާބު ވާނެކަމުގެ އުންމީދު އެބައޮތް ކަމަށް ވިދާޅުވެ، އެ ގައުމުން އެ ކަމަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ދެއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް