Advertisement
ކ. މާލެ
|
14 ޖެނުއަރީ 2019 | ހޯމަ 17:15
ކައުންސިލެއްގެ ހުވާ ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ކައުންސިލެއްގެ ހުވާ ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެއެމްވީ
ލާމަރުކަޒީ ގާނޫނު
ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް ކައުންސިލްތަކުގެ ހިޔާލަށް ހުޅުވާލައިފި
ހިޔާލު ހުށަހެޅޭނީ ބުދަ ދުވަހުގެ ނިޔަލަށް

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ކައުންސިލްތަކަށް ހުޅުވާލައިފިއެވެ.

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ބުނީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަކޮށްދޭނެ ކަމަށް ވެފައިވާ ވަޢުދުތަކުގެ ތެރޭގައި އިދާރީ ދާއިރާތަކުގެ ލާމަރުކަޒީ އުޞޫލު ހަރުދަނާ ގޮތެއްގައި ހިންގައި، ކައުންސިލްތައް ބާރުވެރިކުރުވުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އެކަން ކުރުމަށް ބޭނުންވާ ބަދަލުތައް ގާނޫނަށް ގެނައުމަށް ހިޔާލު ހޯދުމަށް ކައުންސިލްތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން ލާމަރުކަޒީ ޤާނޫނު ތަންފީޒު ކުރުމުގައި ކައުންސިލްތަކަށް ކުރިމަތިވާ ދަތިތަކަކީ ކޮބައިކަމާއި، އެފަދަ ދަތިތަކަކީ ޤާނޫނަށް އިޞްލާހު ގެނެސްގެން ޙައްލުކުރެވިދާނެ ދަތިތަކެއް ކަމުގައިވާނަމަ، ޤާނޫނު އިޞްލާޙު ކުރުމަށް ފެނިވަޑައިގަންނަވާ ގޮތެއް އެ އޮތޯރިޓީއަށް ހުށަހެޅުއްވުމުގެ ފުރުސަތު ބުދަ ދުވަހުގެ ނިޔަލަށް ހުޅުވާލާ ކަމަށް އެލްޖީއޭ އިން ބުންޏެވެ.

ލާމަރުކަޒީ ގާނޫނު އިސްލާހު ކުރަން މަޖިލީހަށް ހުށަހަޅާނީ ކަމާ ބެހޭ ވުޒާރާތަކާއި ކައުންސިލްތަކާއި ޖަމިއްޔާތަކާ މަޝްވަރާކޮށް، އެ ފަރާތްތަކުގެ ޚިޔާލު ހޯދުމަށްފަހުގައި ކަމަށް އެލްޖީއޭއިން ބުންޏެވެ. އެކަމުގައި ރައްޔިތުންގެ ހިޔާލު ވެސް ހޯދާނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް