Advertisement
ކ. މާލެ
|
14 ޖެނުއަރީ 2019 | ހޯމަ 15:04
އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ މި މަހުގެ 18 ވަނަ ދުވަހު
އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ މި މަހުގެ 18 ވަނަ ދުވަހު
ރާއްޖެއެމްވީ
އެމްޑިޕީ ޕްރައިމަރީ
ޕްރައިމަރީގައި ރަށްރަށުގައި ބަހައްޓާ ވޯޓުފޮށިތަކާ ޙަވާލުވާ ފަރާތްތައް ޢާންމުކޮށްފި
ފޮށިތަކާ ޙަވާލުވާ އިސްވެރީންނަށް ހަމަޖައްސާފައިވަނީ އެމްޑީޕީއަށް ނިސްބަތްވާ މިނިސްޓަރުންނާއި ސަރުކާރުގެ އިސް ބޭފުޅުން

 މި މަހުގެ 18 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުފޮށިތަކާ ހަވާލުވާ ފަރާތްތައް އެ ޕާޓިން އާންމުކޮށްފިއެވެ.

އެމްޑީޕީން ހޯމަ ދުވަހު ކުރި އިއުލާނުގައިވާ ގޮތުން ރާއްޖޭގެ ސިޓީތަކުގައި ބަހައްޓާ ފޮށިތައް ފިޔަވައި އެހެން ރަށްރަށުގައި ބަހައްޓާ ވޯޓު ފޮށިތަކާ ޙަވާލުވާ އިސްވެރީންނަށް ހަމަޖައްސާފައި ވަނީ އެމްޑީޕީއަށް ނިސްބަތްވާ މިނިސްޓަރުންނާއި ނައިބުންނާއި ސްޓޭޓް މިނިސްޓަރުންނެވެ.

މީގެ އިތުރުން އެމްޑީޕީއަށް ނިސްބަތްވާ ސަރުކާރު ކުންފުނިތަކުގެ ވެރިން ފަދަ ސިޔާސީ ބޭފުޅުންގެ އިތުރުން، ޕްރައިމަރީއަކާ ނުލައި ޓިކެޓް ލިބޭ 10 ދާއިރާގެ ކެންޑިޑޭޓުންގެ ތެރެއިން ބައެއް ބޭފުޅުންނާއި ގައުމީ މަޖިލީހުގެ މެމްބަރުން ވެސް ވޯޓު ފޮށިތަކާއި ހަވާލުވެގެން ތިއްބަވާނެ ކަމަށް އެ ޕާޓިން މައުލޫމާތުދެއެވެ.

ވޯޓު ފޮއްޓާ ހަވާލުވާ ''އިސް ފަރާތް'' ކަމަށް  ކަމަށް ބުނެފައި ވަނީ އެމްޑީޕީގެ އެތެރޭ އިންތިހާބުގައި އަމަލުކުރާނެ އުސޫލުތައް އެމްޑީޕީގެ ގަވާއިދުގެ 22 ވަނަ މާއްދާގައި ބަޔާންކުރާ ފަރާތްތަކެވެ. އެ މާއްދާގައިވާ ގޮތުން ވޯޓުނެގުމާއި ބެހޭ އެންމެހާ ކަންކަން ބަލަހައްޓާ (“އޮފިޝަލުން”)ގެ މައްޗަށް “އިސް ފަރާތެއް” އިންތިޚާބާއި ބެހޭ ކޮމިޓީން ޢައްޔަންކުރަންވާނެ ކަމަށެވެ.

ޕްރައިމަރީގައި ރަށް ރަށުގައި ވޯޓުފޮށިތަކާ ޙަވާލުވާ ފަރާތްތައް ލިސްޓް އެމްޑީޕީގެ ވެބްސައިޓް ގައި ވަނީ ޝާއިއު ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް