Advertisement
ކ. މާލެ
|
14 ޖެނުއަރީ 2019 | ހޯމަ 01:45
ރައީސް މައުމޫން އެމަނިކުފާނުގެ ސަޕޯޓަރުންނަށް ހަނާ އަޅުއްވަނީ
ރައީސް މައުމޫން އެމަނިކުފާނުގެ ސަޕޯޓަރުންނަށް ހަނާ އަޅުއްވަނީ
މުހައްމަދު ޝަރުހާން
ސުޕްރީމް ކޯޓު
މައުމޫނާ ޕީޕީއެމް ހަވާލު ކުރުމާ ގުޅޭ މައްސަލަ ސުޕްރީމް ކޯޓުގައި ފަށަނީ
އަޑުއެހުން ފަށާނީ މާދަމާ 8:15ގައި
އެއީ ފައިލް ނެގި މައްސަލައެއްގެ ފުރަތަމަ އަޑުއެހުން
އަމުރުގައި ބުނަނީ އިޖުރާއީ އަޑުއެހުމެއް ކަމަށް

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ ޕީޕީއެމް ހަވާލު ކުރުމަށް ސިވިލް ކޯޓަށް ހުށަހަޅާފައި ވަނިކޮށް، ސުޕްރީމް ކޯޓުން ފައިލްތައް ނަގާފައިވާ މައްސަލައިގެ އަޑުއެހުމެއް ހޯމަ ދުވަހު އެ ކޯޓުގައި ފަށަން ނިންމައިފިއެވެ.

ސުޕްރީމް ކޯޓުގައި ފަށާ އެ މައްސަލާގައި ހިމެނޭ މީހުން ކޯޓަށް ހާޒިރުވުމަށް ކޮށްފައިވާ އަމުރުގައި ބުނެފައި ވަނީ އެ މައްސަލައިގެ އަޑުއެހުން ހޯމަ ދުވަހުގެ ހެނދުނު 8:15ގައި ފަށާނެ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގައި ބާއްވަނީ އިޖުރާއީ އަޑުއެހުމެއް ކަމަށް އެ އަމުރުގައި ބުނެފައިވެއެވެ.

ޕީޕީއެމް މައުމޫނާ ހަވާލު ކުރުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވީ އަމިއްލަ ފަރާތަކުންނެވެ. ރާއްޖޭގެ ރައީސްކަމުގެ މަގާމު އަބްދުﷲ ޔާމީނަށް ގެއްލުމާ ގުޅިގެން، ޕީޕީއެމްގެ މުސްތަޝާރުގެ ހައިސިއްޔަތު ވެސް އެމަނިކުފާނަށް ގެއްލިފައިވާ ކަމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވެއެވެ. އެ ސަބަބުތަކާ ހުރެ ޕީޕީއެމްގެ ފުރަތަަމަ ކޮންގްރެސްއިން އިންތިހާބު ކުރި އެ ޕާޓީގެ ރައީސް، މައުމޫނާ ޕީޕީއެމް ހަވާލު ކުރުމަށް ސިވިލް ކޯޓަށް ހުށަހެޅި ދައުވާގައި ބުނެފައިވެއެވެ. އަދި އެ މައްސަލާގައި ވަގުތީ އަމުރަކަށް ވެސް އެދިފައިވެއެވެ.

ލ. ގަމު، ތުނޑި، ހަވި، އަލީ އަހުމަދު ހުށަހެޅުއްވި އެ މައްސަލައިގެ ހިމެނޭ ހުރިހާ ލިޔެކިޔުންތަކާ އެކު، ދައުވާގެ ފައިލްތައް ސުޕްރީމް ކޯޓަށް ނަގާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުކޮޅުގައެވެ. ހޯމަ ދުވަހު ފަށާ އެ މައްސަލައަކީ ކޯޓެއްގައި ހިނގަމުންދާ މައްސަލައެއްގެ ފައިލްތައް ނެގުމާ ގުޅޭ ގޮތުން ބާއްވާ ފުރަތަމަ އަޑުއެހުމެވެ.

ޕީޕީއެމްގެ ދެ ވަނަ ކޮންގްރެސްގައި ފާސްކުރި ނިންމުންތަކާ ގުޅިގެން ހައި ކޯޓުން ނިންމާފައިވާ މައްސަލަ ވެސް ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅާފައެވެ. އެ މައްސަލައިގެ އެއްވެސް އަޑުއެހުމެއް އަދި ސުޕްރީމް ކޯޓުގައި ނުފަށައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
14 ޖެނުއަރީ 2019 | ހޯމަ 21:01
އޮތް ޕާޓީއެއް
ޕާޓީ އަތުލާފަ އުވާލާ، ތިޔައީ ހުތުރު އަރުވާފަ އޮތް ޕާޓީއެއް