Advertisement
ކ. މާލެ
|
14 ޖެނުއަރީ 2019 | ހޯމަ 00:25
އިސް ރަށްވެހިންގެ ޚިޔާލު ހޯދުމަށް ފުލުހުން ބޭއްވި ފޯރަމް
އިސް ރަށްވެހިންގެ ޚިޔާލު ހޯދުމަށް ފުލުހުން ބޭއްވި ފޯރަމް
ޕޮލިސް
ފުލުހުން
އިސް ރަށްވެހިންގެ ޚިޔާލު ހޯދުމަށް ފުލުހުން ފޯރަމެއް ބާއްވައިފި
މި ފޯރަމްގައި އިސްރަށްވެހިންގެ އުންމީދުތައް އަޑުއަހައި މަޝްވަރާ ހޯދާފައިވާކަމަށް ފުލުހުން ބުނޭ

ފުލުހުންގެ މަސައްކަތްތަކާއިމެދު ހިޔާލު ހޯދައި މަޝްވަރާ ކުރުމަށް އިސް ރަށްވެހިންނަށް ހާއްސަކޮށްގެން ނެއިބަރހުޑް ސަޕޯޓު އޮފިސަރުން ފޯރަމެއް ބާއްވައިފި އެވެ.

އިސްކަންދަރު ބިލްޑިންގގައި އިސް ރަށްވެހިންނާއި އެކު އާދިއްތަ ދުވަހު ބޭއްވި އެ ފޯރަމް ފައްޓަވާ ދެއްވީ އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އެވެ. އެ ފޯރަމްގައި، އިސްރަށްވެހިންގެ ހިޔާލާއި ތަޖުރިބާ އަދި ފުލުހުންގެ މަސައްކަތްތަކާއިމެދު އިސްރަށްވެހިންގެ އުންމީދުތައް އަޑުއަހައި މަޝްވަރާ ހޯދާފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ހޯދުމާއި، ނަފްސާއި މުދަލާއި ގެދޮރުގެ ރައްކާތެރިކަން ހޯދުމާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން ކުށް މަދުކުރުމަށް ކުރެވޭ މަސައްކަތްތަކާއި އަދި ފުލުހުންނާ މުޖްތަމަޢުއާއި އޮންނަ ގުޅުން ބަދަހި ކުރުމަށް މަސައްކަތްކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މިފޯރަމްގައި އިސްރަށްވެހިންގެ ހިޔާލު ހޯދާފައިވާ ކަމަށެވެ.

ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ފުލުހުންނާ ގުޅުންހުރި ވަޢުދުތަކުގެ ތެރެއިން، ފުލުހުންގެ ހިންގުން ހަރުދަނާ ކުރުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބޭއްވި އެފޯރަމްގައި، އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި، ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި، މާލެ ހިމެނޭ ސަރަޙައްދުގެ 8 ނެއިބަރހުޑުން 35 މެންބަރުން ވަނީ ބައިވެރިވެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް