Advertisement
ކ. މާލެ
|
13 ޖެނުއަރީ 2019 | އާދީއްތަ 15:03
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)
މުހައްމަދު ޝަރުހާން
މީޜާގެ ތަފާްސްހިސާބް
މިދިއަ މަހު 1.4 ބިލިއަން ރުފިޔާ ދައުލަތަށް ލިބުނު
ޖީއެސްޓީގެ ގޮތުގައި 630 މިލިއަން ރުފިޔާ މީރާއަށް
މީ 2017އާ އަޅާ ބަލާއިރު 4.5 ޕަސެންޓް އިތުރު އަދަދެއް
ދެވަނައަށް އެންމެ ބޮޑު ބައެއް ހިއްސާކުރީ ޓޫރިޒަމް ލޭންޑް ރެންޓުން

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް މިދިޔަ މަހު ދައުލަތަށް 1.4 ބިލިއަން ރުފިޔާ ދައުލަތަށް ލިބިއްޖެއެވެ.

ދައުލަތުގެ ޓެކްސް އިދާރާއިން އާންމުކުރި ތަފާސް ހިސާބު ދައްކާ ގޮތުން މިދިޔަ މަހު އެ އޮތޯރިޓީއަށް ލިބުނު 1.4 ބިލިއަން ރުފިޔާގެ ތެރެއިން އެއް ބިލިއަން ރުފިޔާ ލިބުނީ ޑޮލަރުންނެވެ. އެއީ 65 މިލިއަން ޑޮލަރެވެ.

މިދިޔަ މަހު ލިބުނު އާމްދަނީއަކީ ލަފާކުރި މިންވަރަށް ވުރެ އެއް ޕަސެންޓް މަދު ކަމަށާއި އެއީ 2017 ވަނަ އަހަރާ އަޅާ ބަލާއިރު 4.5 ޕަސެންޓް އިތުރު އަދަދެއް ކަމަށް ވެސް މީރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މިދިޔަ މަހު ވެސް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީންނެވެ. ޖީއެސްޓީގެ ގޮތުގައި 630 މިލިއަން ރުފިޔާ އެ އޮޓޯރިޓީއަށް ލިބިފައި ވާއިރު އެއީ ޖުމުލަ އާމްދަނީގެ 43 ޕަސެންޓެވެ.

ދެ ވަނައަށް އެންމެ ބޮޑު ބައެއް ހިއްސާކުރި ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 352 މިލިއަން ރުފިޔާ މީރާއަށް ލިބިފައި ވެއެވެ.

މީރާއިން ބުނި ގޮތުގައި ލަފާކުރި މިންވަރަށް ވުރެ މިދިޔަ މަހުގެ އާމްދަނީ މަދުވީ ޓޫރިޒަމް ލޭންޑް ރެންޓް ދައްކަންޖެހޭ ބައެއް ފަރާތްތަކުން އެ ފައިސާ ނުދެއްކުމުން ކަމަށް މީރާއިން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް