Advertisement
ކ. މާލެ
|
13 ޖެނުއަރީ 2019 | އާދީއްތަ 15:54
ޝެއިހް އަލީ ޒައިދު
ޝެއިހް އަލީ ޒައިދު
ފޭސްބުކް
ޝެއިހް އަލީ ޒައިދު
ޝެއިހް ޒައިދު ފުލުހަށް ހާޒިރުވާން އަންގައިފި
ހާޒިރުކުރާ ސަބަބެއް ފުލުހުން ނުބުނޭ
ސޯޝަލް މީޑިއާއާ ގުޅޭ ވާހަކަތަކުގެ ތަހުގީގެއް ފަށާފައިވޭ
އާނިޔާ އާއި ސިރޫ އާޓް ވެސް ހާޒިރު ކުރި

ސޯޝަލް މީޑިއާގައި އެކްޓިވްކޮށް އުޅުއްވާ، ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައިދު ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގައިފިއެވެ.

ޒައިދު "ރާއްޖެއެމްވީ"އަށް ވިދާޅުވީ އާދީއްތަ ދުވަހުގެ ރޭ 8:00 އަށް ފުލުހަށް ހާޒިރުވުމަށް އޭނާއަށް އަންގާފައިވާ ކަމަށާއި ހާޒިރުކުރާ ސަބަބެއް ފުލުހުން ނާންގާފައެވެ. 

ފުލުހަށް ހާޒިރުކުރާ މައްސަލާގައި ޒައިދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ދެއްކި ވާހަކައެއް ނަމަ، އޭނާ ކުރައްވާފައިވާ ޓްވީޓުތަކުގައި ހުންނާނެ ކަމަށެވެ. މީސް މީހުން އޭނާއޭ ކިޔައިގެން "ރޯ ބުހުތާނު" ދޮގު ހަދައިގެން ވާހަކަ ދައްކަމުންދާ ކަމަށާއި އެކަމަށް ފިޔަވަޅު ނާޅާތީ ޒައިދު ވަނީ އޭނާ ކުރެއްވި ޓްވީޓުގައި އެކަމުގެ ކަންބޮޑުވުންފާޅު ކުރައްވާފައެވެ. އަދި އަދުލުވެރިވުމަށް ފުލުހުންނަށް ޒައިދު ވަނީ އިލްތިމާސް ކުރައްވާފައެވެ.

ޒައިދު ފުލުހަށް ހާޒިރުކުރާ މައްސަލާގައި ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

ސަބަބެއް ނާންގައި ޝެއިހް ޒައިދު ފުލުހުންގެ އިދާރާއަށް ހާޒިރު ކުރަނީ ރުޅިވެރިކަން އުފެދޭ ގޮތަށް ސޯޝަލް މީޑިއާގައި ވާހަކަ ދައްކައި މީހުންނަށް އިންޒާރު ދިނުމުގެ މައްސަލަަތައް ފުލުހުން ބަލަން ފަށާފައިވާ ދަނޑިވަޅެއްގައެވެ. އެ މައްސަލަތަކުގެ ތަހުގީގަށް މިނިވަން ރޭޑިއޯގެ ނޫސްވެރިޔާ އާއިޝަތު އާނިޔާ އާއި "ސިރޫ އާޓްސް"ގެ ނަމުގައި ފޭސްބުކް ޕޭޖެއް ހިންގާ މުހައްމަދު ސިރުހާން ވެސް ވަނީ ފުލުހަށް ހާޒިރުކޮށް، ސުވާލުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް