Advertisement
ކ. މާލެ
|
13 ޖެނުއަރީ 2019 | އާދީއްތަ 13:40
ދެ ފަތުރުވެރިންގެ ހަށިގަނޑު ސިއްހީ މަރުކަޒަށް ގެނައުމުން، ފުލުހުން ހަރަކާތްތެރިވަނީ
ދެ ފަތުރުވެރިންގެ ހަށިގަނޑު ސިއްހީ މަރުކަޒަށް ގެނައުމުން، ފުލުހުން ހަރަކާތްތެރިވަނީ
ރާއްޖެ އެމްވީ
ގެނބިގެން ނިޔާވުން
ހަނީމޫނަށް ރާއްޖެ އައިސް އުޅުނު ދެމަފިރިއަކު ގެނބިގެން މަރުވެއްޖެ
ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ މަރުވެފައި
ފިރިމީހާ ގެނބެން ފެށުމުން އަންހެނުން އެހީއަށް ގޮވި

ހަނީމޫން ހަދަން ރާއްޖެ އައިސް އުޅުނު ފިލިޕީންސްގެ ދެ ފަތުރުވެރިޔަކު ކ. ދިއްފުށީގައި ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުން ބުނީ ކ. ދިއްފުށްޓާއި މީރު ފެންފުއްޓާ ދެމެދަށް މޫދަށް އެރިއުޅުނު ފިލިޕީންސްގެ 29 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ އަންހެނަކު މަރުވެފައިވާ ކަމަށެވެ. އެ ދެ މީހުންގެ ހަށިގަނޑު ދިއްފުށީ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ދިއްފުށީ ގެސްޓްހައުސްއަކަށް ގޮސް ތިބި އެ ދެމަފިރިންގެ މަރާ ގުޅޭ ގޮތުން އެ ރަށުގައި ހުރި މީހަކު ރާއްޖެއެމްވީއަށް ބުނީ އެންމެ ފުރަތަމަ އެ ހާދިސާގައި ގެނބުނީ ފިރިހެން މީހާ ކަމަށާއި އޭނާ ގެނބެން ފެށުމުން، އޭނާގެ އަންހެނުން ހަޅޭލެވި ކަމަށެވެ. ޑިންގީއެއްގައި ސަލާމަތް ކުރަން ދިޔައިރު ދެމަފިރިން ވެސް ގެނބި، ހަަރަކާތް ހުއްޓިފައިވާ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އެ ދެމަފިރިން ހަނީމޫން ހެދުމަށް، ފެށި ދަތުރުގައި ފުރަތަމަ މަންޒިލަކީ ރާއްޖެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް