Advertisement
ކ. މާލެ
|
13 ޖެނުއަރީ 2019 | އާދީއްތަ 14:06
އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ
އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ
ހައްވާ މުހައްމަދު
އެޑިއުކޭޝަން މިނިސްޓަރުގެ ހިތޯބު
މިއަހަރު ތައުލީމީ ނިޒާމް ލާމަރުކަޒީ ކުރެވޭނެ: މިނިސްޓަރު
ލާމަރުކަޒީ ކުރުމުންޒިންމާތަކާއި މަސައްކަތްތައް، މަތީ ލެވެލްތަކުން، ތިރީ ލެވެލްތަކަށް ބަދަލުވެގެންދާނެ
ބޮޑެތި މީހުންގެ ނުރަސްމީ ތަޢުލީމު، ކައުންސިލްތަކަށް ބަދަލުވެގެން ދާނެ

ދިރާސީ އާ އަހަރު ފެނިގެންދާނެ އެންމެ ބޮޑު އެއް ބަދަލަކީ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް، ތަޢުލީމީ ނިޒާމްގެ ހިންގުން ލާމަރުކަޒީ ކުރުން ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ދިރާސީ އާއަހަރުގެ ކިޔެވުން އާދިއްތަ ދުވަހު ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ފެށިފައިވާއިރު މިދުވަހުގެ މުނާސަބަތުގައި މިނިސްޓަރ ދެއްވި ޚިޠާބުގައި ވިދާޅުވީ މާޒީން ދެކެފައިވާ ދުވަސްތަކާ ޚިލާފަށް ތައުލީމް ދިނުން ލާމަރުކަޒީ ކުރުމަކީ، ކަންކަން ނިންމުމުގެ ބާރާއި ޒިންމާތަކާއި މަސައްކަތްތައް، މަތީ ލެވެލްތަކުން، ތިރީ ލެވެލްތަކަށް ބަދަލުވެގެން ދިއުމެވެ.

ބާރުތައް އެކެއްގެ އަތްމަތީ އޮތުމުގެ ބަދަލުގައި ސްކޫލްތަކަށް ކަންކަން ނިންމުމަށް އިތުރު ބާރުތައް ލިބިގެންދާނެކަމެއްކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ޑިމޮކްރެސީ ހަރުދަނާވެ، ސީދާ ކަމާ ގުޅޭ މީހުންނާ ހިސާބަށް ބާރުތައް ފޯރާނެކަމަށެވެ.

"ތަންފީޒީ ފެންވަރުގައި ތިބޭ މީހުން ކަންކަން ނިންމުމަށް ބާރުވެރިކުރުމުން، ޖެހޭ މައްސަލަތަށް އެދެވޭ ގޮތެއްގައި ޙައްލުކުރެވޭނެ. ތަޢުލީމީ ދާއިރާގެ ހިންގުން އެފިޝަންޓް ވާނެ. އެފިޝަންޓްވުމަކީ، އަވަހަށް އެދެވޭ ނަތީޖާ ނެރެވުން،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް މިނިސްޓަރު ވިދާޅުވީ ތަޢުލީމާ ބެހޭ މިނިސްޓްރީގެ މަސައްކަތްތައް ލާމަރުކަޒީ ކުރުމުގެ ތެރޭގައި، ބޮޑެތި މީހުންގެ ނުރަސްމީ ތަޢުލީމު، ކައުންސިލްތަކަށް ބަދަލުވެގެން ދާނެ ކަމަށާއި މި ތަޢުލީމު ރަށު ފެންވަރަށް ބަދަލުވުމުން، އެކަމަށް ދެވޭ ސަމާލުކަން އިތުރުވެ، ރައްޔިތުން ބޭނުންވާ ހުނަރުތައް ގާތުން ފޯރުކޮށްދިނުމަށް މަގު ފަހިވާނެ ކަމަށެވެ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް