Advertisement
ކ. މާލެ
|
13 ޖެނުއަރީ 2019 | އާދީއްތަ 12:26
ހުރަވީ ސްކޫލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުޅުވައި ދެއްވި ރަސްމިއްޔާތުގެ ތެެރެއިން
ހުރަވީ ސްކޫލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުޅުވައި ދެއްވި ރަސްމިއްޔާތުގެ ތެެރެއިން
ރައީސް އޮފީސް
ހުރަވީ ސްކޫލް
ޖާގަ ތަނަވަސް ހުރަވީ ސްކޫލު ރައީސް ހުޅުވައި ދެއްވައިފި
ޕްރީ ސްކޫލުން ފެށިގެން ގްރޭޑް ނުވައަކާ ހަމައަށް ކިޔަވަދޭ
އަންނަ އަހަރު 10، އަދި އޭލެވެލް ވެސް ފަށާނެ
ޖުމްލަ 1،450 ދަރިވަރުންގެ ޖާގައިގެ ސްކޫލެއް

ޖާގައިގެ ގޮތުން ރާއްޖޭގެ އެންމެ ބޮޑު ސްކޫލު، 700 ދަރިވަރުންނާ އެކު ހުޅުމާލޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހުޅުވައިދެއްވައިފިއެވެ.

ދިރާސީ އާ އަހަރާ ދިމާކޮށް، ހުޅުމާލޭގައި ރައީސް ސޯލިހު ހުޅުވައި ދެއްވި ހުރަވީ ސްކޫލަކީ ހަތް ބުރީގެ ތިން ބްލޮކަށް އިމާރާތްކޮށްފައިވާ ސްކޫލެކެވެ. އޭލެވެލްއާ އަހަމަށް ކިޔަވައި ދޭން ފަށަން ތައްޔާރުވެފައިވާ އެ ސްކޫލު ހުޅުވީ ޖުމްލަ 780 ދަރިވަރުންނާ އެކުގައެވެ. އެ ސްކޫލުގައި ކިޔަވައި ދެނީ ފެށީ ޕްރީ ސްކޫލުން ފެށިގެން ގްރޭޑް ނުވަޔަކާ ހަމައަށެވެ. އަންނަ އަހަރު ގްރޭޑް 10އަށް ކިޔަވައި ދޭން ފަށާނެއެވެ.

އެޗްޑީސީން އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށް، އިމާރާތްކޮށްފައި އެ އިމާރާތަކީ ރާއްޖޭގެ އެހެން ސްކޫލުތަކާ ހިލާފަށް ޖާގައިގެ ގޮތުން ތަނަވަސް ސްކޫލެކެވެ. އަދި އިމާރާތުގެ ހުރިހާ ފަންގިފިލާތައް ހަދާފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެރޭނެ ގޮތަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ހުރަވީ ސްކޫލުގެ ހުރިހާ ޓީޗަރުންނަކީ ދިވެހި ޓީޗަރުން ކަމަށެވެ. އެގޮތުން 60 ދިވެހި ޓީޗަރުންނާ އެކު އެ ސްކޫލުގެ މުވައްޒަފުންގެ އަދަދު 80 އަރާނެ ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.

ހުރަވީ ސްކޫލަކީ ޖުމްލަ 1،450 ކުދިނަށް ކިޔަވައި ދިނުމުގެ ޖާގަ އޮތް ސްކޫލެކެވެ.

ހުރަވީ ސްކޫލުގެ ރަމްޒުކޮށްދެނީ ސުލްތާން ޣާޒީ ހަސަން އިއްޒުއްދީން ނުވަތަ ދޮންބަނޑާރައިންނަށެވެ. މާލެ އަތޮޅު ހުރާ ދަރިކޮޅަށް ނިސްބަތްވެވަޑައިގަންނަވާ ދޮންބަންޑާރައިން ރާއްޖޭގެ މިނިވަންކަމާއި ގައުމިއްޔަތު ދެމެހެއްޓުމުގެ ކުރެއްވި މަސައްކަތްޕުޅާ ގުޅިގެން އެމަނިކުފާނަށް ނިސްބަތްކޮށް، ހުރަވީ ދުވަސް ވެސް ދަނީ ފާހަގަ ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
13 ޖެނުއަރީ 2019 | އާދީއްތަ 06:56
ޔަސް
ކާޅު ހާއްޔަށް ކޮވެޅި ބިސް އެޅުން