Advertisement
ކ. މާލެ
|
13 ޖެނުއަރީ 2019 | އާދީއްތަ 10:58
ރައީސުލްޖުމްހޫރިއްޔާގެ ނައިބު
ރައީސުލްޖުމްހޫރިއްޔާގެ ނައިބު
ރާއްޖެ އެމްވީ
ދިރާސީ އަހަރު ފެށުން
ކުރިން ނުކުރާވަރުގެ ހޭދައެއް ތަޢުލީމަށް ކުރާނަން: ނައިބު ރައީސް
ރަނގަޅު ޖީލެއް ބިނާވެގެން ނޫނީ އަމާންކަމެއް ދެމިގެނެއް ނުދާނެ

ސަރުކާރަކުން މީގެ ކުރިން ނުކުރާވަރުގެ ހޭދައެއް މި ސަރުކާރުން ތަޢުލީމީ ދާއިރާއަށް ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލް ކުރެއްވުމަށް ކަނޑައަޅުއްވާފައިވާ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ، ސްކޫލުތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާދިނުމުގެ ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ގޮތުން ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަމީނިއްޔާ ސްކޫލްގައި އާދީއްތަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ރަނގަޅު ޖީލެއް ބިނާކުރުމަށް ތައުލީމީ ދާއިރާ ހަރުދަނާ ކުރުމަށް ސަރުކާރުން ވަރަށް ބޮޑު އަހަންމިޔަތެއް ދެއްވާ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، އިލްމު އުނގެނުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އެމަނިކުފާނު ވަނީ މުދައްރިސުންގެ އަޑުއަހައި، މައިން ބަފައިންގެ ބަސްއަހައި، ފިލާވަޅުތަކަށް ޝައުޤުވެރިން ބަހައްޓައި ފަސްވަގުތު ނަމާދުކޮށް ރަނގަޅު ނަތީޖާއެއް ހާސިލުކުރާ ކުދިންތަކަކަށް ވުމަށް ހުރިހާ ދަރިވަރުންނަށް ނަޞޭހަތްތެރިވެވަޑައިގެންފައެވެ.

ނާސްތާ ޕްރޮގްރާމް އިފްތިތާހު ކުރުމަށް އަމީނިއްޔާ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ކޮންމެ ކަމެއް ވެސް އަލަށް ފެށާއިރު ކޮންމެ ވެސް ކަހަލަ އުނދަގޫތަކެއް ދިމާވާނެ ކަމަށެވެ. އެގޮތުން ނާސްތާ ޕްރޮގްރާމް ފުރަތަމަކޮޅުގައި ދިމާވާ ކަންތައްތަކާ ގުޅިގެން، ދަރިވަރުން ކެތްތެރިވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ކޮންމެ ކަމެއް ވެސް އަލަށް ފެށޭއިރު ކޮންމެ ވެސް ކަހަލަ އުނދަގޫތަކެއް ދިމާވާނެ. ނާސްތާ ދިނުން ފެށޭއިރު، ކޮންމެ ވެސް ދަތިތަކެއް ފުރަތަމަކޮޅުގައި މެދުވެރިވެދާނެ. މިކަމުގައި ޖެހޭ ރޫތައް ފިލުވައި އަމާން ކުރެވޭނީ ދިމާވާ މައްސަލަތައް ހައްލު ކުރުމުގެ ތަޖުތިބާ ލިބިގެން. އެހެންކަމުން ފުރަތަމަ ކޮޅުގައި ދިމާވާ ދަތިތަކަށް ތިޔަ ކުދިން، ކެތްތެރިވާނެ ކަމަށް ޔަގީން ކުރަން،" ރައީސް ސޯލިހުގެ ސަރުކާރުގެ ފުރަތަމަ ދިރާސީ އާ އަހަރާ ގުޅިގެން، މިނިސްޓަރު ވިދާޅުވިއެވެ.

އަލަަށް ފެށުނު ދިރާސީ އާ އަހަރާ ގުޅިގެން ދަރިވަރުންނަށް އިލްތިމާސް ކުރައްވައި މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރަށް ވުރެ މި އަހަރު ކިޔެވުމަށް ބޮޑަށް ރަނގަޅުކޮށް، އުޅުން ވެސް ރަނގަޅު ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ދިރާސީ އާ އަހަރު ރާއްޖޭގެ 213 ސްކޫލެއްގައި ކިޔަވައިދޭން ފަށާފައިވާއިރު، މިއަހަރު އެއް ދަންފަޅިއަށް ބަދަލުކޮށްގެން ކިޔަވައި ދެނީ 144 ސްކޫލެއްގައެވެ. ރާއްޖެގެ ހުރިހާ ސްކޫލުތައް އެއް ދަންފަޅިއަށް ބަދަލު ކުރުމަށް ބޭނުންވާ ވަސީލްތައް ދެނެގަތުމުގެ އޮޑިޓެއް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހަދާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް