Advertisement
ކ. މާލެ
|
11 ޖެނުއަރީ 2019 | ހުކުރު 17:38
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ބޭއްވި ބައްދަލުވުމުގެ ތެރެއިން
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ބޭއްވި ބައްދަލުވުމުގެ ތެރެއިން
މުހައްމަދު ޝަރުހާން
ފުލުހުންގެ ހިދުމަތް
ތަހުގީގު ކުރުމުގެ ދާއިރާގައި ރައްޔިތުންގެ ކަންބޮޑުވުން އެބަހުރި: ސީޕީ ހަމީދު
މިދާއިރާ ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތައް ކުރަން
ރައްޔިތުންގެ ބައިވެރިވުމާއެކު މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެދެން

ފުލުހުންގެ ތަހުގީގު ކުރުމުގެ ދާއިރާގައި ރައްޔިތުންގެ ކަންބޮޑުވުންތައް އެބަހުރި ކަމަށް އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑުގައި މަސައްކަތްކުރާ މުވައްޒަފުންނާ ބައްދަލުކުރައްވައި ސީޕީ ހަމީދު ވިދާޅުވީ ތަހުގީގު ކުރުމުގެ ދާއިރާއަކީ ފުލުހުންގެ މުއައްސަސާއިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރެއިން ރައްޔިތުންނާ އެންމެ ގުޅުންހުރި އަދި އެންމެ މުހިންމު އެއް ޚިދުމަތް ކަމަށެވެ. 

ސީޕީ ހަމީދު ވިދާޅުވީ ތަހުގީގު ކުރުމުގެ ދާއިރާއާ ގުޅޭގޮތުން ރައްޔިތުންގެ ކަންބޮޑުވުންތަކެއް އެބަހުރިކަމަށެވެ. އަދި ތަހުގީގު ކުރުމުގެ ދާއިރާ ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، ރައްޔިތުންގެ ބައިވެރިވުމާއެކު މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެދޭ ކަމަށް ސީޕީ ވިދާޅުވިއެވެ.

ތަހުގީގު ކުރުމުގެ ދާއިރާގައި ދަތިތަކެއް އެބަހުރިކަން ފާހަގަކުރައްވައި، ސީޕީ ހަމީދު ވިދާޅުވީ ތަހުގީގުގެ ދާއިރާގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކު ވެސް ޕްރޮފެޝަނަލްކަމާއެކު މަސައްކުރެއްވުމަށް އެދޭ ކަމަށެވެ. 

މި ބައްދަލުކުރެއްވުމުގައި ފުލުހުންގެ އެކްޒެކެޓިވް އޮފިސަރުންނާއި ސީނިއަރ އޮފިސަރުންނާއި ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑުގެ ވެރިންނާއި އެކޮމާންޑްގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް