Advertisement
ކ. މާލެ
|
11 ޖެނުއަރީ 2019 | ހުކުރު 09:25
އދ. އެއްލައިދޫ ރިސޯޓު
އދ. އެއްލައިދޫ ރިސޯޓު
މުހައްމަދު ޝަރުހާން
މީހުން މެރުން
ލަންކާ މީހާގެ މަރާ ގުޅިގެން، ލަންކާ މީހަކު ހައްޔަރުކޮށްފި
މަރުވީ 24 އަހަރުގެ ލަންކާ މީހެއް
ތުހުމަަތަށް ހައްޔަރު ކުރީ 39 އަހަރުގެ ލަންކާ މީހެއް
މާރާމާރީ ހިންގީ އެ ދެ މީހުން

އދ. އެއްލައިދޫ ރިސޯޓްގައި ހިންގި މާރާމާރީގައި ސްރީލަންކާ މީހަކު މަރާލި މައްސަލައާ ގުޅިގެން އެ ގައުމުގެ މީހަކު މީހަކު އެ ރިސޯޓުން ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެއްލައިދޫ ރިސޯޓުގައި ބުރާސްފަތި ދުވަހުގެ ރޭ މާރާމާރީ ހިންގީ ލަންކާ ދެ މީހުން ކަމަށެވެ. އެ މާރާމާރީގައި މަރުވެފައި ވަނީ 24 އަހަރުގެ ލަންކާ މީހެކެވެ. އޭނާ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ 39 އަހަރުގެ ލަންކާ މީހެއް ކަމަށް ފުލުހުން ބުނެއެވެ.

ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލުމުން މަރުވި މީހާގެ ހަށިގަނޑު ބުރާސްފަތި ދުވަހުގެ ރޭ ފަތިހު ވަނީ މާލެ ގެނެސް، އޭޑީކޭއަށް ގެންގޮސްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް