Advertisement
ކ. މާލެ
|
10 ޖެނުއަރީ 2019 | ބުރާސްފަތި 18:51
ރާއްޖެ އެމްވީ
ޝަކުވާ ހުށައެޅުން
އެމްޑީޕީ ޕްރައިމަރީގެ ޝަކުވާ ކޮމެޓީގެ ނިންމުންތަށް ހާމަކޮށްފި
އިންތިޚާބާ ގުޅޭ 15 ޝަކުވާއަކަށް ކޮމެޓީން ޖަވާބު ދީފައި
ޝަކުވާ ހުށައެޅުމުގެ ފުރުސަތު ފުރަތަމަ ހުޅުވާލާފައި ވަނީ ހުސްވި ޑިސެމްބަރުމަހުގެ 13ވަނަ ދުވަހަށް

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓުން އިންތިޚާބުކުރުމަށް ބާއްވާ ޕްރައިމަރީގައި އިންތިޚާބާއި ގުޅޭގޮތުން ހުށައަޅާފައިވާ ޝަކުވާތަކަށް ކޮމެޓީގެ ނިންމުންތައް ހާމަކޮށްފިއެވެ

މަޖިލީސް ޕަރައިމަރީގެ އިންތިޚާބާއި ގުޅޭގޮތުން ހުށައެޅި ޝަކުވާތަކުގެ ތެރެއިން 15 ޝަކުވާއަކަށް ބެލުމަށްފަހު ޝަކުވާތައްބެލުމަށް އެކުލަވާލާފައިވާ ކޮމެޓީން ގޮތްތަކެއް ނިންމާފައިވާކަމަށް އެމްޑީޕީން ބުނެފިއެވެ.

އިންތިޚާބާއި ގުޅޭގޮތން  ހުށައަޅާފައިވާ ޝަކުވާތަކުގެ ތެރޭގައި ނ. ކެނދިކުޅުދޫގެ 9 މީހެއްގެ ފޯމް ލާފައިވަނި އެމީހުންނަށް ނޭގިކަމަށް ހުށައަޅާފައިވާ ޝަކުވާއާއި ގުޅިގެން ޝަކުވާ ބެލުމަށް އެކުލަވާލި ކޮމެޓީން ނިންމާފައިވަނީ އެ 9 މީހުން މަޖްލިސް ޕްރައިމަރީގެ ވޯޓާސް ލިސްޓުން އުނިކުރުމަށެވެ.

އދ. ކުބުރުދޫގެ އެމްޑީޕީ ވޯޓްލިސްޓުގައި ކުރީގައި ޕީޕީއެމްގައި ހިމެނުނު 14 މީހެއްގެ ނަން އޮތްކަމަށް ބުނެ ހުށަ އަޅާފައިވާ ޝަކުވާ އާއި ގުޅިގެން ކޮމެޓީން އެދާއިރާއަކީ ޕްރައިމަރީ ބާއްވާފައިނުވާ ދާއިރާއަކަށްވާތީ މައްސަލަ ނުބެލުމަށް ނިންމާފައިވާއިރު އެޕްލިކޭޝަން ފޯމް ސުންގަޑިއަށް ފޮނުވާފައި ނުވަނީ  އޮޅުމަކުން ކަމަށް ބުނެ އިތުރު ފުރުސަތެއް ދިނުމަށް ހުށައަޅާފައިވާ ޝަކުވާއާއި ގުޅިގެން ކޮމެޓީން ނިންމާފައިވަނީ އިތުރު ފުރުސަތެއް ދެވޭނެ ހެއްކެއް ނެއްކަމަށެވެ

މީގެ އިތުރުން އެމްޑީޕީ މުލަކު ދާއިރާގެ ރައީސް ވަކިފަރާތަކަށް ކެމްޕޭން ކުރަމުން ދާކަމަށް ބުނެ ހުށައަޅާފައިވާ ޝަކުވާއާއި ގުޅިގެން ކޮމެޓީން ނިންމާފައިވަނީ އިންތިޚާބު ކޮމެޓީއާއި ޝަކުވާ ކޮމެޓީގެ މެނަބރުން ފިޔަވައި އެހެނިހެން މަގާމްތަކުގައި ތިބި ވެރިންނަށް ޕްރައިމަރީގައި ވަކި ކެނޑިޑޭޓަކަށް ކެމްޕޭން ކުރުމަކީ ހުއްދަ  ކަމެއްކަމަށެވެ.

ރީރަޖިސްޓްރޭޝަންގެ އިޖުރާއަތްތަށް ކަމުނުދާނެ ކަމަށްބުނެ ހުށައަޅާފައިވާ ދެ ޝަކުވާޔަކާއި ގުޅިގެން ކޮމެޓީން ނިންމާފައިވަނީ ވަގުތާއި ޙާލަތަށްބަލާއިރު ރީ ރެޖިސްޓްރޭޝަންގެ ކަންކަން އެނޫންގޮތަކަށް ކުރެވެން ނެއްކަމަށެވެ. އަދި އެމްޑީޕީ 67 މެންބަރުން ދާއިރާގެ ވޯޓްލިސްޓުގައިނެތްކަމަށް ހުށަ އަޅާފާއިވާ ޝަކުވާޔާއި މެދު ކޮމެޓީން ނިންމާފައިވަނީ 67 މީހުންގެ ލިސްޓުގައި ހިމެނިފައިވަނީ އެފަރާތްތަކަށް އެނގިފައި ނުވާތީ ނުވަތަ ކެހިވެރިގޮތަކަށް  ކަމަށް ސާބިތު ކޮށްދޭނެ އެއްވެސް ހެއްކެއް ހުށައެޅިފަރާތުން  ދައްކާފައި ނުވާތީ މައްސަލަ ނުބެލުމަށެވެ.

ވޯޓާރސް ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ފުރަތަމަ ހުޅުވާލާފައި ވަނީ ހުސްވި ދިސެމްބަރުމަހުގެ 13 ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށް ކަމަށްވާއިރު ޝަކުވާ ހުށައެޅުމުގެ ދެވަނަ ފުރުސަތު ހުޅުވާލާފައި ވަނީ ހަމަ އެމަހުގެ 22 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށެވެ

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް