Advertisement
ކ. މާލެ
|
10 ޖެނުއަރީ 2019 | ބުރާސްފަތި 16:45
ބަސްދަތުރުކުރުމުގައި ބޭނުންކުރަމުން އަންނަ ބަހެއް
ބަސްދަތުރުކުރުމުގައި ބޭނުންކުރަމުން އަންނަ ބަހެއް
ގޫގުލް
ޓްރާންސްޕޯޓް މިނިސްޓްރީ
ބަހުގެ ހިދުމަތް ދިނުން އެމްްޓީސީސީގެ ދަށަށް!
ބަހުގެ ހިދުމަތް ދެ ތަނުން ދެމުން ދާނީތީ، ރައްޔިތުންނަށް އުނދަގޫތަކާ ކުރިމަތިވޭ
މިނީ ބަސް ގެންނައިރު ތިމާވެއްޓާއި ރައްޓެހި ވެހިކަލްތަކެއް ރާއްޖެ ގެންނަން ނިންމާފައިވޭ

ބަހުގެ ހިދުމަތް ދިނުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ދަށަށް ގެނެސްފައިވާ ކަމަށް ޓްރާންސްޕޯރޓް މިނިސްޓްރީން ބުނެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވުން ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވީ ބަހުގެ ހިދްމަތް ދެ ތަނަކުން ދެމުން އަންނާތީ ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވަމުން ދާ ކަމަށެވެ. މިހާރު ހުޅުމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ދިން ނަމަވެސް ހުޅުމާލެ އާއި މާލެއާ ދެމެދު ބަހުގެ ހިދުމަތް ދެނީ އެމްޕީއެލްއިންނެވެ.

"އަޅުގަނޑުމެން އެއް ފުރާޅެއްގެ ދަށަށް މަސައްކަތް ބަދަލުކުރަން ނިންމީ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން" މިނިސްޓަރު ވިދާޅުވިއެވެ.

މިނީ ބަހުގެ ހިދްމަތް ވަރަށް އަވަހަށް ދޭން ފަށާނެ ކަމަށާއި، މިނީ ބަސް ގެންނައިރު ތިމާވެއްޓާ ރައްޓެހި ވެހިކަލްތަކެއް ރާއްޖެ ގެންނަން ނިންމާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނީ ބަސް ތައާރަފްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
10 ޖެނުއަރީ 2019 | ބުރާސްފަތި 16:12
Auxam
Varah ufaa vehji
10 ޖެނުއަރީ 2019 | ބުރާސްފަތި 16:11
Auxam
Varah ufaa vehji