Advertisement
ކ. މާލެ
|
10 ޖެނުއަރީ 2019 | ބުރާސްފަތި 16:38
ވެޓެރިނަރީގެ ޚިދުމަތް ދޭ ސެންޓަރު
ވެޓެރިނަރީގެ ޚިދުމަތް ދޭ ސެންޓަރު
ރާއްޖެއެމްވީ
ވެޓަރިނަރީގެ ޚިދުމަތް
ވެޓަރިނަރީގެ ޚިދުމަތްދޭ ސެންޓަރެއް ވިލިމާލޭގައި ހުޅުވައިފި
ޚިދުމަތް ހޯދުމަށް ފޯމެއް ފުރިހަމަ ކުރަންޖެހޭ
މިޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޯމަ އަދި ބްރާސްފަތި ދުވަހެއްގައި

ވެޓެރިނަރީގެ ޚިދުމަތް ދިނުމަށްޓަކައި މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ އިން ވިލިމާލޭގައި ސެންޓަރެއް ހުޅުވައިފިއެވެ.

މިކަމާ ގުޅޭ ގޮތުން ފިޝަރީޒް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނީ ވެޓެރިނަރީގެ ޚިދުމަތް ލިބިގަތުމަށްޓަކައި މި ޚިދުމަތައް އެދޭ ފޯމް ފުރިހަމަ ކުރުމަށް ފަހު މިނިސްޓްރީއަށް ހުށައަޅަންޖެހޭ ކަމަށެވެ. މިނިސްޓްރީން އެޕޮއިންޓްމެންޓް ހަމަޖެއްސުމަށް ފަހު ޚިދުމަތައް އެދިފައިވާ ފަރާތްތަކަށް ސެންޓަރަށް އަންނަންޖެހޭ ގަޑި އަންގަމުން ގެންދާނެ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

ސެންޓަރުން ދޭ ޚިދުމަތްތަކުގެ ތެރޭގައި އާންމު ބަލިތަކާއި ކުއްލި ހާލަތްތަކުގައި ފަރުވާދިނުން ހިމެނެވެ. ކޮންސަލްޓޭޝަނަށް 50ރ. ނަގާއިރު ވެކްސިން ޖަހައިދިނުމާއި، މައިކްރޯޗިޕް ލައްވައިދިނުމާއި. ނިއުޓަރ ކޮށްދިނުމާއި އެހެނިހެން ކުދި ސާރޖަރީތަކަށް މިއިން ކޮންމެ ޚިދުމަތަކައް ނަގަމުން ދާނީ 100ރ. ކަމަށް ވެސް އެމިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ

މިޚިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ ކޮންމެ ހޯމަ އަދި ބްރާސްފަތި ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު ފަހު 02:00 އަށް ކަމަށް އެމިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ބަޔާނުގައި ބުނެފައި ވަނީ 3339212 އަށް ގުޅުމުން އިތުރު މައުލޫމާތު ލިބޭނެ ކަމަށާއި އެމަޖެންސީ ހާލަތްތަކުގައި ހޮޓްލައިން ނަމްބަރު 74448284 އަށް ގުޅޭނެ ކަމަށެވެ.

މި ސެންޓަރު ހުންނާނީ ވިލިމާލޭގައި ހުންނަ ފިޝަރީޒް މިނިސްޓްރީގެ އިމާރަތުގައެވެ. 

ރާއްޖޭގައި ގިނަ އަދަދަކަށް ޕެޓްގެ ގޮތުގައި ޖަނަވާރު ގެންގުޅޭ އިރު އެ ތަކެއްޗަށް ފަރުވާދޭނެ އެކަށީގެންވާ ތަނެއް ނެތުމުގެ ޝަކުވާ ވަރަށް ބޮޑެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް