Advertisement
ކ. މާލެ
|
10 ޖެނުއަރީ 2019 | ބުރާސްފަތި 14:21
ޓްރާންސްޕޯޓް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ޓްރާންސްޕޯޓް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ހައްވާ މުހައްމަދު
ޓްރާންސްޕޯޓް މިނިސްޓްރީ
މާޗް 10 ގެ ފަހުން ބްރިޖްގައި ހެލްޓްމެޓް އެޅުން މަޖްބޫރުކޮށްފި
ހެލްމެޓް ނާޅާ ދަތުރުކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ

ސިނަމާލެ ބްރިޖުން ދަތުރުކުރާ އިރު ހެލްމެޓް އަޅަން މަޖުބޫރުކުރަން ޓްރާންސްޕޯޓް އޮތޯރިޓީން ނިންމައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ  ބައްދަލުވުމުގައި މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ބްރިޖުން ދަތުރުކުރާއިރު މާޗް މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހެލްމެޓް އަޅަން މަޖުބޫރުވާނެ ކަމަށެވެ. އަދި އެ ތާރީހުން ފެށިގެން ހެލްމެޓް ނާޅައި، ބްރިޖް ހުރަސްކޮށް ދަތުރުކުރާ ނަމަ ޓްރެފިކް ޕޮލިހުން އެ ފަރާތްތައް ހުއްޓުވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މާޗް 10 ވަނަ ދުވަހުން ފެށިގެން ހެލްމެޓް ނާޅާ ބްރިޖް ހުރަސްކޮށް ދަތުރުކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ. މި ބަދަލަކީ އާއްމުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ވިސްނާފައި ގެންނެވި ބަދަލެއް ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ބްރިޖު މަތީގައި ހިނގަމުންދާ ނުރައްކާތެރި އެކްސިޑެންޓްތައް ގިނަވެފައިވާއިރު، ބޮލަށް އަނިޔާވެ ފުރާނައަށް ނުރައްކާވުން ހުއްޓުވަން އޮތް ހައްލެއް ކަމަށް ފެންނަ ހައްލު،" މިނިސްޓަރ ވިދާޅުވިއެވެ.

ބްރިޖް މަތީގައި ނުރައްކާތެރި ގިނަ އެކްސިޑެންޓްތައް ހިނގަމުންދާއިރު، އެ އެކްސިޑެންޓްތަކުގައި ބޮލަށް ލިބޭ އަނިޔާތައް ފާހަގަކޮށްލެވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
10 ޖެނުއަރީ 2019 | ބުރާސްފަތި 11:25
އިބުނިހަޖަރު
ދުއްވާ މީހާ އެކަނިތަ ފަހަތުގަހުނަމީހާއަޅަން ޖެހޭތަ ؟