Advertisement
ކ. މާލެ
|
10 ޖެނުއަރީ 2019 | ބުރާސްފަތި 14:03
ރައީސް ނަޝީދު ކުޑަފަރީގައި
ރައީސް ނަޝީދު ކުޑަފަރީގައި
މުހައްމަދު ޝަރުހާން
އެމްޑީޕީ މަޖިލިސް ޕްރައިމަރީ
19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕާޓީ ބަދަލުކޮށް ވައްކަމެއް ނުކުރެވޭނެ، އެ ފުރުސަތެއް ނުދޭނަން: ރައީސް ނަޝީދު
19 މަޖިލީހުގައި އެމަނިކުފާނު އިންނަވާނެކަމަށް ވިދާޅުވި

ދެން އަންނަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕާޓީ ބަދަލުކޮށް ވައްކަމެއް ނުކުރެވޭނެ ކަމަށާއި އެ ފުރުސަތު ނުދެއްވަނެ ކަމަށް ކުރީގެ ރައީސް މުއްހައްމަދު ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ނ. ކެނދިކުޅުދޫ ދާއިރާއަށް އެމްޑީޕީން ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް އަހުމަދު އީސާގެ ކެމްޕެއިން އިފްތިތާހުކުރުމަށް ނ. ކެނދިކުޅުދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މަޖިލިހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބުން ވަރަށް މުހިއްމު ކަމަށެވެ. އަދި މި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައިދިނުމަށް މަގުފަހިކުރުމަށްޓަކައި ކޮންމެހެން ވެސް މަޖިލީހުގެ ސާފު މެޖޯރިޓީ އެމްޑީޕީއަށް ލިބެން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެ ތަރައްގީކުރުމަށް އެމްޑީޕީން އެކުލަވާލި ޖަޒީރާ މެނިފެސްޓޯގައިވާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަންވާނީ ޖަޒީރާވަންތަކޮށް ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން، އެ ސިފަ ނުގެއްލޭނެ ގޮތެއްގެ މަތިން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ރާއްޖެ ތަރައްގީ ކުރަންޖެނީ ޖަޒީރާވަންތަކޮށްގެން ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން. ރަށެއްގެ ގުދުރަތީ ހަޔާތަށް ބަދަލު ނުގެނެސް ތަރައްގީ ގެނައުމަށް ވިސްނުން ބެހެއްޓެވުން ވަރަށް މުހިއްމު. ޖަޒީރާ ވަންތަކަން ނުގެއްލޭނޭހެން ތަރައްގީ ގެނައުމާއި، ޖަޒީރާރަށެއް އޮތްގޮތަށް ބާއްވައިގެން ވެސް އަޅުގަނޑުމެންނަށް ތަރައްގީ ގެނެވޭނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ތިމާވެއްޓާއި ޖަޒީރާ ރައްތަކުގެ ގުދުރަތީ ސިފައަށް ބަދަލު ނާންނާނެ ގޮތަށް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ މުހިއްމުކަމުގެ މައްޗަށް ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ބޮޑު ހިލަ ބަނދަރަށް ވުރެ، "ނަލަ ނަލަކޮށް" ބަނދަރުތައް ތަރައްގީ ކުރެވިދާނެ ކަމަށެވެ. އެމްޑީޕީގެ ސަރުކާރުން ކުރިން ރާއްޖޭގެ 62 ބަނދަރެއް ހަދާފައިވާނެ ކަމަށާއި އަދިވެސް ބަނދަރު ހެދުމާއި މަރާމާތުކުރުން ކުރިއަށް އޮތުމާ އެކު އެކަންކަމަށް ވިސްނުން ބަހައްޓަވައިގެން މި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ޖަޒީރާ މެނިފެސްޓޯގައިވާ ގެސްޓްހައުސް ވިޔަފާރީގެ ސިޔާސަތުގެ ސަބަބުން ކުޑަފަރީ ރައްޔިތުންނަށް ވެސް ރަށުގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ ނިޒާމެއް ތަނަވަސްވެގެންދާނެ ކަމަށާއި، މި ރަށުގައި ފަސްވަރަކަށް ގެސްޓްހައުސް ހިންގާ ކަމަށް ވާ ނަމަވެސް މުޅިރަށަށް އެކަމުން ނުހަނު މަންފާ އާއި ތަރައްގީ އަންނާނެ ކަމަށެވެ.

19 ވަނަ މަޖިލިސް އެމްޑީޕީއަށް މެޖޯރިޓީ ލިބުން މުހިއްމުކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެ މަޖީލީހުގައި ތަމްސީލް ކުރައްވާނީ ރައްޔިތުންގެ މަންދޫބުން ކަމުން މަޖިލިސް ބަރޯސާ ވާނީ ރައްޔިތުންގެ އުންމީދުތަކަށް ކަމަށެވެ.

"ޕާޓީގެ ބަދަލެއް ނުކުރެވޭނެ. ޕާޓީ ބޮޑުމީހާ އަޅުގަނޑު ހުންނާނީ އެމަޖިލީހުގައި. އެމަޖިލީހުގައި ވައްކަމެއް ނުކުރެވޭނެ. މި ކުޑަފަރީން ވެސް އެމްޑީޕީއަށް އަގުލަބިއްޔަތު ދޭން ޖެހޭނެކަން ދަންނާނީ މި ކުޑަފަރީގެ ރައްޔިތުން"" ނަޝީދު ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރުމަށް ކުޑަފަރި އާއި ރާއްޖޭގެ ހުރިހާ ރައްޔިތުން ކުރި މަސައްކަތްތަކަށް ރައީސް ނަޝީދު ޝުކުރު އަދާކުރެއްވިއެވެ. ކުޑަފަރީ ރައްޔތުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގަތީ އާއިލީ ގުޅުން ބަދަހިކުރުމާ އެކު ގައުމުގެ ތަރައްގީއަށް ވިސްނުން ބަހައްޓައިގެން ކުރިއަށް އޮތް އިންތިޚާބުގައި މި ސަރުކާރުގެ ފަޅުވެރިއެއް އޮޑިއަށް އެރުވުމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
10 ޖެނުއަރީ 2019 | ބުރާސްފަތި 16:07
ވޭތިވެދިޔަ ތިކަހަލަ
ވޭތިވެދިޔަ ތިކަހަލަ އަމަލުތަށް ނުބެލި ނުހުއްޓުވި ކިހިނެއް ވާންހުރިކަންތަށް ހުއްޓުވަނީ؟