Advertisement
ކ. މާލެ
|
10 ޖެނުއަރީ 2019 | ބުރާސްފަތި 13:04
އެމްއެމްޕީއާރުސީ: އެ ކުންފުނި މެދުވެރިކޮށް ހިންގި ކޮރަޕްޝަނުގެ މައްސަލަތައް ވަނީ ތަހްގީގުކުރަން ފަށާފައި
އެމްއެމްޕީއާރުސީ: އެ ކުންފުނި މެދުވެރިކޮށް ހިންގި ކޮރަޕްޝަނުގެ މައްސަލަތައް ވަނީ ތަހްގީގުކުރަން ފަށާފައި
ރާއްޖެ އެމްވީ
އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތް
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ރިޔާސީ ކޮމިޝަނުން ތަހްގީގުކުރަން ފަށައިފި
ހިޔާނާތާ ގުޅޭ މައުލޫމާތެއް އޮތް ނަމަ ހިއްސާ ކުރުމަށް އެދިފައިވޭ

އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތަށް ވަންނަންޖެހޭ އެތައް ބިލިއަން ރުފިޔާ އަކަށް ޚިޔާނާތްތެރިވި މައްސަލައިގެ ތަހުގީގު ރިޔާސީ ކޮމިޝަނުން ފަށައިފި އެވެ.  

ކޮރަޕްޝަނުގެ މައްސަލަތައް ބަލާ ތަހްގީގުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވާލެއްވި ކޮމިޝަނުން އެމްއެމްޕީއާރުސީގެ މައްސަލަ ބަލަމުންދާ ކަން ހާމަކޮށްފައިވަނީ ބުރާސްފަތި ދުވަހު އެކޮމިޝަނުން ކުރި ޓުވީޓެއްގަ އެވެ.

ޚިޔާނާތާއި މަނީ ލޯންޑްރިންގެ މައްސަލަތައް ބަލަން އުފެއްދިވި ކޮމެޓީގެ މެމްބަރުންނާއެކު ރައީސް ސޯލިހް: މިހާރު ވަނީ އެމްއެމްޕީއާރުސީގެ މައްސަލަ ބަލަން ފަށާފައި

ރައީސް ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނަކީ ދައުލަތުގެ ތެރޭގައި ހިންގި ޚިޔާނާތާއި މަނީ ލޯންޑަކުރުމުގެ މައްސަލަތައް ބަލައި ގެއްލުނު ފައިސާ އަނބުރާ ހޯދަން އުފެއްދި ކޮމިޝަނެވެ. އެހެން ކަމުން އެ ކޮމިޝަނުން ބަލަން ފެށި އެންމެ ބޮޑު މައްސަލައަކަށް ވެފައި މި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ އެވެ.  

އެ ކޮމިޝަނުން ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ އެއްވެސް ލިޔެކިޔުމެއް އަދި މައުލޫމާތެއް ހުރި ނަމަ އެ ކޮމިޝަނާ ހިއްސާ ކުރެއްވުމަށް އެދިފައި އެވެ.  

އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ހިޔާނާތުގެ ފައިސާގެ އަދަދު 1.4 ބިލިއަނަށް އަރަ އެވެ. ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެތައް ބިލިއަން ރުފިޔާއަކަށް ޚިޔާނާތްތެރިވެފައިވާއިރު،އަމިއްލަ އެކައުންޓްތަކަކަށް އެއް ބިލިއަން ރުފިޔާ ޖަމާކޮށްފައި ވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް