Advertisement
ކ. މާލެ
|
10 ޖެނުއަރީ 2019 | ބުރާސްފަތި 11:47
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން ޓޫރިޒަމް މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލު ކުރައްވަނީ
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން ޓޫރިޒަމް މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލު ކުރައްވަނީ
މުހައްމަދު ޝަރުހާން
މަޖިލިސް އިންތިޚާބު 2019
ރިސޯޓްތަކުގައި ވޯޓް ފޮށި ބެހެއްޓުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ރިޔާސީ އިންތިހާބުގައި 35 ރިސޯޓެއްގައި ވޯޓުފޮށި ބެހެއްޓި

އޭޕްރިލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ރިސޯޓްތަކުގައި ވޯޓް ފޮށި ބެހެއްޓުމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީސް (މަޓީ) އާއި ޓޫރިޒަމް މިނިސްޓްރީއާއެކު މަޝްވަރާކޮށްފި އެވެ.  

މި ބައްދަލުވުން ބޭއްވި ބުރާސްފަތި ދުވަހު ބޭއްވި މި ބައްދަލުވުމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ މި ބައްދަލުވުގައި މަޖިލިސް އިންތިހާބުގައި ވޯޓު ފޮށިތައް ބެހެއްޓުމުގައި އަމަލުކުރާނެ ގޮތާގުޅޭ މަޝްވަރާކޮށްފައި އެވެ. އަދި ވޯޓުފޮށި ބެހެއްޓުމަށް މީގެ ކުރިން ދިމާވެފައިވާ ބައެއް ދަތިތަކާ ގުޅޭ ގޮތުން ވެސް ވަނީ މަޝްވަރާކޮށްފައި އެވެ.  

އިލެކްޝަންސް ކޮމިޝަނުން މަޓީއާއި ޓޫރިޒަމް މިނިސްޓްރީއާއެކު މިއަދު ވަނީ ބައްދަލުވުމެއް ބާއްވާފައި

ރިސޯޓްތަކުގައި ވޯޓު ފޮށިތައް ބަހައްޓާނެ އުސޫލު އާންމުކުރާނީ މި މަޝްވަރާތަކަށް ފަހު ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބު އޮންނާނީ އަންނަ އޭޕްރިލް މަހުގެ 6 ވަނަ ދުވަހު އެވެ. އިންތިހާބަށް ހުޅުވާލާނެ ވަގުތީ ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ޖެނުއަރީ 28 ކަމަށް އިލެކްޝަނުން ބުނެފައިވެ އެވެ.  

މަޖިލިސް އިންތިހާބުގައި މި ފަހަރު ރީ ރަޖިސްޓްރީ ކުރަން ހުޅުވާލާނީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ވޯޓު ލީ ތަން ނޫން އެހެން ތަނެއްގައި ވޯޓު ލާން އެކަނި ކަމަށްވެސް ބުނެފައިވެ އެވެ.  މި އިންތިހާބުގައި 87 ދާއިރާއަކަށް މެމްބަރުން އިންތިހާބު ކުރުމަށް ހަމަ ޖެހިފައިވާއިރު އަލަށް ތިން ދާއިރާއެއް ވަނީ އިތުރުވެފައި އެވެ.

މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި 35 ރިސޯޓެއްގައި ވޯޓުފޮށި ބަހައްޓާފައިވެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް