Advertisement
ކ. މާލެ
|
10 ޖެނުއަރީ 2019 | ބުރާސްފަތި 09:15
އަތުލައި ގަތް މަސްތުވާތަކެތި
އަތުލައި ގަތް މަސްތުވާތަކެތި
ކަސްޓަމްސް
މަސްތުވާތަކެތި އަތުލައިގަތުން
ރާއްޖެއަށް އެތެރެކުރަން އުޅުނު 1.6 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
އަތުލައިގަތީ ބަރުދަނުގައި 282 ގްރާމްގެ މަސްތުވާތަކެތި

ރާއްޖެއަށް އެތެރެކުރަން އުޅުނު 1.6 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން ނެރުނު ބަޔާނެއްގައި ބުނީ، ހޯމަ ދުވަހު ބަންގްލަދޭޝްއިން ރާއްޖެ އައި އުމުރުން 31 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއްގެ އަތުން 1.6 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށާއި، މި މަސްތުވާތަކެތި އަތުލައިގަތީ އެމީހާގެ އަމަލުތައް ހުރިގޮތުން އޭނާގެ ލަގެޖު ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

ކަސްޓަމްސްއިން ބުނީ، ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ރައްކާކޮށްފައި ހުރީ ޕެކެޓްތަކެއްގައި ކަމަށާއި، އޮރެންޖް ކުލައިގެ 2،084 ގުޅަ ވެސް ފެނިފައިވާ ކަމަށެވެ. އަތުލައި ގަތް މަސްތުވާތަކެތީގެ ބަރުދަނުގައި 282 ގްރާމް ހުރި ކަމަށާއި އެތަކެތި ތަހުލީލުކުރުމުން މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ އެމްޕެޓެމައިން (ޔާބާ) ކަން އެނގިފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

މަސްތުވާތަކެތި ރާއްޖެ އެތެރެކުރުން ހުއްޓުވުމަށް ފުލުހުން ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް