Advertisement
ކ. މާލެ
|
10 ޖެނުއަރީ 2019 | ބުރާސްފަތި 07:22
އުސްގެކޮޅުގެ ކުރީގެ ފޮޓޯއެއް
އުސްގެކޮޅުގެ ކުރީގެ ފޮޓޯއެއް
ޓްވިޓަރ
އުސްގެކޮޅު
ރައީސް ޔާމީންގެ ސަރުކާރުން އުސްގެކޮޅު ވަނީ ކުއްޔަށް ދީފައި: މިނިސްޓަރު ޔުމްނާ
އުސްގެކޮޅު އެހެންތަނަކަށް ބަދަލުކުރުމަށް ވެސް މަސައްކަތް ކުރެއްވި
ކުއްޔަށް ދީފައިވަނީ އިއުލާން ކުރުމެއްނެތި 12 އަހަރަށް

ސަލްޓަން ޕާކް ތެރޭގައި ހުރި އުސްގެކޮޅު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 12 އަހަރަށް ކުއްޔަށް ދީފައި ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ. 

މިނިސްޓަރު ޔުމްނާ ވިދާޅުވީ އުސްގެކޮޅު ކުރީ ސަރުކާރުން ކުއްޔަށް ދޫ ކޮށްފައިި ކަމަށާއި، އުސްގެކޮޅު އެތަނުން އެހެން ތަނަކަށް ބަދަލު ކުރުމުގެ ވިިިސްނުން ވެސް އެ ސަރުކާރުން ގެންގުޅުއްވި ކަމަށެވެ. 

އުސްގެކޮޅު ކުއްޔަށް ދޫކޮށްފައި ވަނީ އޭރު ހައުސިން މިނިސްޓްރީގެ ތެރެއިން ކަމަށްވާއިރު، އެތަން ކުއްޔަށްދީފައިވަނީ އިއުލާން ވެސް ކުރުމެއްނެތި ކަމަށް ޔުމްނާ ވިދާޅުވި އެވެ. 

އުސްގެކޮޅުގައި ރެސްޓޯރެންޓެއް ހެދުމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު ކުއްޔަށްދީފައިވާ ކަމަށް މީގެ ކުރިން ވެސް ވަނީ އަޑުފެތުރިފަ އެވެ. ނަމަވެސް އޭރުގެ ރައީސް ޔާމީން ސަރުކާރުން އެކަމަށް އެއްވެސް ޖަވާބެއް ދީފައިނުވެއެވެ. 

ކުރީގެ ރަސްރަސްކަލުން ގަނޑުވަރެއްގެ ގޮތުގައި ބޭނުންކުރި އުސްގެކޮޅަކީ އަލްސުލްތާނު މުހައްމަދު އިމާދުއްދީން ހަވަނަ (ހާޖީ އިމާދުއްދީން) ރަސްކަމުގައި ބިނާކުރެވުނު ގެކޮޅެކެވެ. މިގަނޑުވަރު ބިނާކުރެއްވީ އިމާދުއްދީން ރަދުން ނަމަވެސް އެ ގަނޑުވަރު ފުރަތަމަ ބޭނުންފުޅު ކުރެއްވީ ޝަމްސުއްދީން ރަދުންނެވެ. 

އެންމެ ފަހުން އުސްގެކޮޅު ބޭނުން ކުރެވުނީ ދާރުލްއާސާރުގެ ގޮތުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް