Advertisement
ކ. މާލެ
|
10 ޖެނުއަރީ 2019 | ބުރާސްފަތި 07:17
އަދާލަތު ޕާޓީގެ މެންބަރުން އެޕާޓީގެ ރައީސް ޝެއިހް އިމްރާންއާއެކު
އަދާލަތު ޕާޓީގެ މެންބަރުން އެޕާޓީގެ ރައީސް ޝެއިހް އިމްރާންއާއެކު
ރާއްޖެ އެމްވީ
މަޖިލިސް އިންތިޚާބު 2019
އަދާލަތު ޕާޓީގެ ޓިކެޓްގައި މަޖިލިހަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
މިމަހުގެ 20ގެ ކުރިން ޓިކެޓަށް އެދޭ ފޯމް ހުށަހަޅަންޖެހޭ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަދާލަތު ޕާޓީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފިއެވެ. 

އަދާލަތު ޕާޓީން ބުނި ގޮތުގައި އޭޕްރީލް 6 ގައި ބާއްވާ މަޖިލީހުގެ އިންތިޚާބުގައި އެޕާޓީން ޓިކެޓު ދިނުމަށް ހަމަޖެހިފައި ވަނީ 13 ދާއިރާއަކުން ކަމަށެވެ. 

އެއީ؛

  • ކެލާ ދާއިރާ
  • ވައިކަރަދޫ ދާއިރާ
  • ހަނިމާދޫ ދާއިރާ
  • މަކުނުދޫ ދާއިރާ
  • އިނގުރައިދޫ ދާއިރާ
  • ކާށިދޫ ދާއިރާ
  • މަހިބަދޫ ދާއިރާ
  • މުލަކު ދާއިރާ
  • ނިލަންދޫ ދާއިރާ
  • ގަމު ދާއިރާ
  • ފުވައްމުލަކު ދެކުނު ދާއިރާ
  • ފޭދޫ ދާއިރާ
  • މާފަންނު ދެކުނު ދާއިރާ

މި ދާއިރާތަކަށް ވާދަކުރަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 20 ވަނަ ދުވަހުގެ 14:00 ގެ ކުރިން ޓިކެޓަށް އެދޭ ފޯމާއި، ގާނޫނީ ފޯމާއި، ތާއީދު ފޯމް ފުރިހަމަކޮށް ހުށަހަޅަންޖެހެ އެވެ. މިފޯމްތައް އެޕާޓީގެ ވެބްސައިޓުން ވެސް ލިބޭނެ އެވެ. 

އެމްޑީޕީން މަޖިލީހުގެ 86 ދާއިރާއަކަށް ވާދަކުރާއިރު، ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން 87 ދާއިރާއަށް ވާދަކުރެ އެވެ. އަދި ކުރީގެ ރައީސް މައުމޫނުގެ ތާއިދާއެކު މަޖިލީހަށް ވާދަކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް