Advertisement
ކ. މާލެ
|
10 ޖެނުއަރީ 2019 | ބުރާސްފަތި 01:48
ކަރަންޓް ކެނޑި އަނދިރީގައި
ކަރަންޓް ކެނޑި އަނދިރީގައި
ރާއްޖެ އެމްވީ
ކަރަންޓު ކެނޑުން
މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެ
45 ވަރަކަށް މިނެޓް ތެރޭގައި ކަރަންޓް ލިބޭނެ

ވެރިރަށް މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑިއްޖެއެވެ.

ކަރަންޓް ގޮސްފައި ވަނީ މާފަންނާއި މައްޗަންގޮޅި އާއި ހެންވޭރުންނެވެ. މީގެ ކުރިން ވެސް މިރޭ ވަނީ ބައެއް ސަރަހައްދުތަކުން ކަރަންޓް ގޮސްފައެވެ.

ސްޓެލްކޯގެ މީޑިއާ އޮފިޝަލް އިބްރާހިމް ރައޫފު "ރާއްޖެއެމްވީ"އަށް ވިދާޅުވީ 45 ވަރަކަށް މިނެޓް ތެރޭގައި ކަރަންޓު ލިބޭނެ ކަމަށެވެ. ކަރަންޓް ކެނޑެން މެދުވެރިވީ ދިމާވި ޓެކްނިކަލް މައްސަލައަކާ ހުރެ، އިންޖީނެއް ނިވިގެން ކަމަށާއި އެކަން ހައްލުކޮށް ކަރަންޓް ދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ދޮޅު ލައްކައަށް ވުރެ ގިނަ މީހުން ދިރިއުޅޭ ވެރިރަށް މާލެއިން ކަރަންޓް ކެނޑުމަކީ އާންމުކަމެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް
9 ޖެނުއަރީ 2019 | ބުދަ 21:02
އިންޖީން
އިންޖނުގަޑު ވެސް ހިންގަން ޖެހެނީ ކުރެކް ކޮށްފަ ހުންނަ ސޮފްޓުވެއާރ ގަޑަކުން ވިއްޔާ. މަ އެހެން ބުނެގެން ކަޑާލީ. އަދިވެސް އެހާލުގަ ތޯޗެއް ހެހެ. ހުސް ކުރެކް އޮތް ތަނެއް. ފުލޯޓް ބުރަށް ލޮރީ ބުރަށް ހަރަދު ކުރެވެނީ. ސްޓާރ ވޯސް ހަދާ އަދިވެސް ކަރަންޓް ކަޑައިގެން.