Advertisement
ކ. މާލެ
|
10 ޖެނުއަރީ 2019 | ބުރާސްފަތި 02:02
އިލްޔާސް ލަބީބުގެ ކެމްޕެއިން ލޯންޗު ކުރުމުގެ ހަފްލާގައި ރައީސް ނަޝީދު
އިލްޔާސް ލަބީބުގެ ކެމްޕެއިން ލޯންޗު ކުރުމުގެ ހަފްލާގައި ރައީސް ނަޝީދު
ޓްވިޓަރ
ރައީސް ނަޝީދު
ތަރައްގީއަށް ޖުޑިޝަރީ އިސްލާހުވެފައި އޮތުން މުހިއްމު: ނަޝީދު
އިންސާފު ގާއިމު ކުރުމަށް ޝަރިއަތުގެ ނިޒާމް އިސްލާހު ވާން ޖެހޭ
ސާފު އަގުލަބިއްޔަތު ލިބެންޖެހޭނެ ކަމަށް ރައްޔިތުން ގަބޫލުކުރޭ: ނަޝީދު

ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެންމެ މުހިއްމު ވަސީލަތަކީ، ޝަރުއީ ނިޒާމު އިސްލާހުވެފައި އޮތުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވީ، އެމްޑީޕީ ޕްރައިމަރީގައި ގަލޮޅު ދެކުނު ދާއިރާއަށް ވާދަކުރައްވާ ފަތިމަތު އިޝާން އަލީގެ ކެމްޕޭނު ލޯންޗު ކުރުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ، ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެވޭނީ ޝަރީއަތުގެ ނިޒާމު އިސްލާހު ވެގެން ކަމަށެވެ.

''ދިވެހިރާއްޖޭގެ ތަރައްގީއަށް މިއަދު ބޭނުންވާ އެންމެ މުހިއްމު އެއް ވަސީލަތަކީ ޝަރީޔަތުގެ ނިޒާމް އިސްލާހުވެފައި އޮތުން. އިންސާފުވެރިކަމައި އެކީގައި ހުކުމްތަށް ފަނޑިއަރު ގެއިން އިއްވަމުން ދާތަން ރާއްޖެ ހުރިހާ ރައްޔިތުންނަށް ވެސް ފެނުން އިވުން. އަދި ޝަރިއަތުގެ ދެފަރާތަށް ވެސް އެ އިންސާފު ގަބޫލު ކުރެވޭނެ ގޮތުގައި ރައްދުވުން.'' ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އިންސާފު ހޯދުމަށް ވެސް އެންމެ ބޮޑު ދައުރެއް އަދާކުރާނެ ތަނަކީ މަޖިލިސް ކަމަށެވެ. އެގޮތުން މަޖިލީހަށް ކެނޑިޑޭޓުން އިންތިހާބު ކުރާއިރު ރައްޔިތުން ވިސްނަން ޖެހޭ ކަމަށެވެ.

ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރެވޭނީ ގާނޫނީ ބާރު ލިބިގެން ކަމަށާއި، ސަރުކާރު ހިންގާ ޕާޓީއަށް މަޖިލީހުގެ ސާފު ޢަޢުލަބިއްޔަތު ލިބެން ޖެހެނޭ ކަމަށް ހުރިހާ ރައްޔިތުން ވެސް ގަބޫލު ކުރާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

''އެމްޑީޕީ އަށް މަޖިލީހުގެ އައުލަބީއްޔަތެއް ދިނުމަށް ވިސްނަމުން އަޑު އުފުލަމުން އަންނަތަން މުޅި ރާއްޖޭގެ އެކި އެކި ކަންކޮޅު ތަކުން އެބަފެނޭ. އެއްޕާޓީ އަކަށް. ސަރުކާރު ހިންގާ ޕާޓީއަށް ޢަޢުލަބިއްޔަތެއް މަސައްކަތް ކުރުމުގެ ޖާގަ ދިނުން. އެ މަސައްކަތް ކުރެވޭނެ މަގުތަށް ފަހި ކޮށްދިނުން.'' ނަޝީދު ވިދާޅުވިއެވެ.

ނިމިގެން ދިޔަ 17 ވަނަ ރައްޔިތުންގެ މަޖިލީހަށް އިޝާރާތް ކުރައްވަ ނަޝީދު ވިދާޅުވީ، އެ މަޖިލީހުގައި އެމްޑީޕީއަށް ޢަޢުލަބިއްޔަތު ނުލިބުމުން ވައުދުތައް ފުއްދުމަށާއި އޭރުގެ ސަރުކާރު ދެމެހެއްޓުމަށް އޮތީ ވަރަށް ގިނަ ހުރަސްތަކަކާ ކުރިމަތިވެފައި ކަމަށެވެ.

މިއަހަރު މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަށް ތާއިދު ހޯއްދެވުމަށް ރައީސް ނަޝީދުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް އަންނަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.

ރައީސް ނަޝީދު ގެންދަވަނީ މަޖިލީހަށް ކުރިމަތިލައްވާފައިވާ ބައެއް ކެންޑިޑޭޓުންނަށް ތައުރީފު ކުރައްވަމުންނެވެ.

އެމްޑީޕީ ޕްރައިމަރީގައި ގަލޮޅު ދެކުނު ދާއިރާއަށް ފަސް ބޭފުޅަކު ވާދަ ކުރައްވައެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ޔޫތު ވިންގުގެ ރައީސް މީކާއިލް އަހްމަދު ނަސީމް ވެސް ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް