Advertisement
ކ. މާލެ
|
9 ޖެނުއަރީ 2019 | ބުދަ 23:20
މާލޭގައި ޓެކްސީގެ ޚިދުމަތް ދޭ ކާރެއް
މާލޭގައި ޓެކްސީގެ ޚިދުމަތް ދޭ ކާރެއް
ގޫގުލް
ޓެކްސީ ދަތުރުތައް
ޓެކްސީގެ ދަތުރުގެ އަގުތަކާ ޚިދުމަތާ ގުޅޭ ގޮތުން ސާވޭއެއް ފަށައިފި
ސާވޭ ކުރިއަށް ގެންދަނީ އޮންލައިންކޮށް
14 ކަމެއްގައި އާންމުންގެ ހިޔާލަށް ހުޅުވާލާފައިވޭ

މާލޭ ސަރަހައްދުގައި ޓެކްސީގެ ޚިދުމަތް ދޭ އަގުތަކާއި ޓެކްސީގައި މީޓަރު ހަރުކުރުމާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމުގެ ސާވޭއެއް ޓްރާންސްޕޯޓް އޮތޯރިޓީން ބުދަ ދުވަހު ފަށައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކޮށްފައިވާ ޓްއީޓެއްގައި ބުނެފައި ވަނީ މާލޭ ސަރަހައްދުގައި ޓެކްސީގެ ޚިދުމަތް ދޭ އަގުތަކާ ގުޅޭ ގޮތުން އާންމުންގެ ޚިޔާލަށް ހުޅުވާލާފައި ވާ ކަމަށެވެ. ސާވޭ ކުރިއަށް ދާނީ އޮންލައިންކޮށް ކަމަށާއި ޓެކްސީތަކާ ގުޅޭ 14 ކަމެއްގައި އެ ސާވޭގައި އާންމުންގެ ހިޔާލު ހޯދާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

މިނިސްޓްރީން އާންމުކޮށްފައިވާ ސާވޭގައި ޓެކްސީގައި މީޓަރު ހަރުކުރަން ފެނޭތޯ ނުވަތަ އަގު ކަނޑައަޅަން މޯބައިލް އެޕްލިކޭޝަނެއް ހަމަޖައްސަން ފެނޭތޯ ކަނޑައަޅަން ހިޔާލަށް ހުޅުވާލާފައިވެއެވެ.

މީގެ އިތުރުން މާލޭގައި ޓެކްސީ ހިދުމަތް ބޭނުން ކުރުމުގެ އަގާއި ހުޅުލެ އަދި ހުޅުމާލެ އަށް ޓެކްސީގައި ދަތުރު ކުރުމަށް ނަގާނެ އަގާމެދު ހިޔާލަށް ހުޅުވާލާފައިވެއެވެ.

ގިނަ ދުވަސްވެފައި ހުންނަ އުޅަނދުތައް ޓެކްސީގެ ގޮތުގައި ބޭނުންކުރާތީ، އެކަން ހުއްޓުވުމަށް ވެހިކަލްތަކުގެ އުމުރު ކަނޑައަޅަން އާންމުންގެ ހިޔާލަށް އެ ސާވޭގައި ހުޅުވާލާފައިވެއެވެ. އަދި އުޅަނދު ރަޖިސްޓަރީ ކުރުން ކޮންޓްރޯލް ކުރުމާއި ގަރާޖު ސިޓީ ދޫކުރުމާ ގުޅޭ ގޮތުން ވެސް ޓްރާންސްޕޯޓް މިނިސްޓްރީގެ ސާވޭގައި ހިޔާލު ހޯދައެވެ.

ޓެކްސީތަކުން ދަތުރުކޮށް ދޭ އަގުތަކާ ގުޅޭ ގޮތުން ހިޔާލު ހޯދުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އަންގާރަ ދުވަހުގެ ރޭ ފޯރަމެއް ބާއްވައިފައިވާއިރު އެ ހިދުމަތްތަކުގެ އަގު ބޮޑު ނޫން ކަމަށް ޓެކްސީތައް ދުއްވާ ފަރާތްތަކުން ބުނެފައި ވެއެވެ.

ނަމަވެސް އެކަމުގައި އާންމު ފާރަތްތަކުގެ ހިޔާލު ތަފާތުވެފައިވާއިރު އެފަރާތްތަކުން ބުނަނީ ޓެކްސީ ދަތުރުގެ އަގު ހެޔޮ ކުރުމަށް އޮތް އެންމެ ބޮޑު ހައްލަކީ ޓެކްސީތަކަށް މީޓަރު ހަރުކުރުން ކަމުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް