ކ. މާލެ
|
10 ޖެނުއަރީ 2019 | ބުރާސްފަތި 10:15
ރޮސެންސްޓައިން މަގާމުން ދުރަށް ވަޑައިގަންނަވާ ވަކިވަގުތެއް ނޭނގޭ
ރޮސެންސްޓައިން މަގާމުން ދުރަށް ވަޑައިގަންނަވާ ވަކިވަގުތެއް ނޭނގޭ
ބީބީސީ
އެމެރިކާގެ ސަރުކާރު
ރަޝިއާގެ މައްސަލަ ބެއްލެވި އިސްވެރިޔާ އިސްތިއުފާ ދެއްވަނީ
ރޮސެންސްޓައިން ވަނީ ޓްރަމްޕްގެ ފާޑުކިޔުން އަމާޒުވާ ބޭފުޅަކަށްވެފައި

އެމެރިކާގައި 2016 ވަނަ އަހަރު ބޭއްވި އިންތިޚާބަށް ރޝިއާއިން ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަަލަ ތަހުގީގުކުރި ޓީމުގެ އިސް ބޭފުޅަކަށް ހުންނެވި އަދި ޖަސްޓިސް ޑިޕާޓްމަންޓްގެ އިސް އޮފިޝަލް ރޮޑް ރޮސެންސްޓައިން އިސްތިއުފާދެއްވަން އުޅުއްވާކަމަށް އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ޑެޕިއުޓީ އެޓަރނީ ޖެނެރަލް މަގާމުން އިސްތިއުފާދެއްވަން ނިންމަވާފައިވާއިރު އެކަން ކުރައްވަނީ ވައިޓް ހައުސްއިން މަޖުބޫރުކޮށްގެން ނޫންކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އޭނާ ވެ ވަޑައިގެންފައިވަނީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފާޑުކިޔުން އާއްމުކޮށް އަމާޒުވާ ބޭފުޅަކަށެވެ.

އިސްތިއުފާދެއްވުމަށް ރޮސެންސްޓައިން ނިންމަވާފައިވަނީ ރައީސް ޓްރަމްޕްގެ ވާހަކަފުޅުތަކެއް ސިއްރުން ރެކޯޑްކުރެއްވިކަމުގެ ރިޕޯޓްތަކެއް ފެންމަތިވުމުންނެވެ.

ބައެއް މަސްދަރުތަކުން ބުނާގޮތުން ރޮސެންސްޓައިން ވަނީ އެޓަރނީ ޖެނެރަލްގެ މަގާމަށް އައްޔަން ކުރެއްވުމަށް ހޮއްވަވާފައިވާ ވިލިއަމް ބަރ ހަމަޖެހެންދެން މަޑުކުރެއްވުމަށް ނިންމަވާފައެވެ. ނަމަވެސް މިއިން އެއްވެސް ވާހަކައަކަށް ރޮސެންސްޓައިން ބަހެއް ވިދާޅެއްނުވެއެވެ.

އެޓަރނީ ޖެނެރަލްގެ މަގާމަށް ނަން ފޮނުވާފައިވާ ވިލިއަމް ބަރ އައްޔަން ކުުރުމާމެދު ގޮތެއް ނިންމުން ސެެނޭޓްގަައި ތާވަލުކުރެވިފައިވަނީ ޖެނުއަރީ މަހުގެ 15 އަށެވެ.

އެޓަރނީ ޖެނެރަލްގެ މަގާމުން ޖެފް ސެޝަން ވަކިކުރައްވާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހުއެވެ. އޭގެ ފަހުން އެކްޓިންގ އެޓަރނީ ޖެނެރަލްއަކަށް އައްޔަން ކުރެއްވީ މެތިއު ވިޓޭކަރއެވެ.

އެމެރިކާގެ މީޑިއާ ރިޕޯޓްތަކަށް ބަލާއިރު ރޮސެންސްޓައިން މަގާމުން ދުރަށް ވަޑައިގަންނަވާ ވަކިވަގުތެއް ނޭނގެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް