Advertisement
ކ. މާލެ
|
9 ޖެނުއަރީ 2019 | ބުދަ 19:48
ފުލުހުންގެ އިދާރާ
ފުލުހުންގެ އިދާރާ
މުހައްމަދު ޝަރުހާން
ފުލުހުންގެ ބަޔާން
ދީނަށް ފާޑުކިޔާ މީހުންގެ މައްސަލަ އަދި އިންޒާރު ދޭ މައްސަލަ ބަލާނަން: ފުލުހުން
މީސްމީޑިއާ ބޭނުންކުރާ ފަރާތްތަކުން ރައްޔިތުންގެ މަސަލަހަތު ދަމަހަށްޓަންޖެހޭ

އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ ނިޔަތުގައި ފާޑުކިޔާ މީހުންގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެ ކަމަށާއި އަދި އެފަދަ މީހުންނަށް ދޭ އިންޒާރު މައްސަލަތައް ވެސް ބަލާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.


ބުދަ ދުވަހު ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މީސްމީޑިއާގައި ހިންގާ ބައެއް މުއާމަލާތްތަކުގައި ރައްޔިތުންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަމާއި މަސްލަހަތަށް ބުރޫއަރާފަދަ ބަސްތައް މި ފަހަކަށް އައިސް ބޭނުންކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި މިފަދަ މުއާމަލާތްތަކަށް ރައްދު ދިނުމުގެ ގޮތުން އަނިޔާވެރިކަމާއި ނަފްރަތު އުފެއްދުމަށް ހިތްވަރު ލިބޭ ފަދަ ބަސްތައް ބޭނުން ކުރާކަންވެސް ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. 


މިފަދަ އަމަލުތައް ކުރާ ފަަރާތްތަކާއި ބައްދަލުކޮށް، އެފަދަ ކަންކަން ނުކުރުމަށް ނަސޭހަތްތެރިވަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް، ޖިނާއީ ކުށަކަށްވާފަދަ ކަމެއް ކޮށްފި ނަމަ އެ މައްސަލައެއް ބަލާނެ ކަމަށް ބުނެ އެވެ. އެގޮތުން ވަކިވަކި ފަރުދުންގެ ނަފްސަށާއި މުދަލަށް ގެއްލުން ދިނުމަށްގޮވާލާ ފަރާތްތަކުގެ މަސްސަލަތައް ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތަށް އަޅާނެކަމަށް ބަޔާނުގައި ބުނެފައިވެއެވެ.


މީސްމީޑިއާ ބޭނުންކުރާ ފަރާތްތަކުން ރައްޔިތުންގެ މަސްލަހަތާއި އަމަން އަމާންކަން ދެމެހެއްޓުމަށްޓަކައި އެހެންމީހުންގެ އިހްސާސްތަކަށް އިހްތިރާމްކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. މީގެ އިތުރުންވެސް ވަކިވަކި ފަރުދުންގެ މުދަލަށާއި ނަފްސައް ގެއްލުދޭނެކަމުގެ އިންޒާރު މީސްމީޑިއާގެ ޒަރިއްޔާއިން ނުވަތަަ އެނޫން ގޮތަކުންވެސް ލިބިފައިވާނަމަ އެކަން ފުލުހުންގެ އިދާރާއަށް އެންގުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް