Advertisement
ކ. މާލެ
|
9 ޖެނުއަރީ 2019 | ބުދަ 19:39
އެމްއެންޑީއެފްގެ ކެޕްޓަން މުހައްމަދު ރާމިޒް
އެމްއެންޑީއެފްގެ ކެޕްޓަން މުހައްމަދު ރާމިޒް
މުހައްމަދު ޝަރުހާން
އެމްއެންޑީއެފްގެ ކެޕްޓަން ނިޔާވުން
ފަރިތަކުރުންތަކެއްގައި އުޅެނިކޮށް، އެމްއެންޑީއެފްގެ ކެޕްޓަނަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ
ރާމިޒްގެ ހަށިގަނޑު މާލެ ގެނައުމަށް މަސައްކަތް ކުރަމުންދަނީ
އަވަހާރަވިއިރު ރާމިޒުގެ އުމުރަކީ 48 އަހަރު

އެމްއެންޑީއެފްގެ ކެޕްޓަން މުހައްމަދު ރާމިޒް ކުއްލި ގޮތަކަށް ބުދަ ދުވަހުގެ ހަވީރު ނިޔާވެއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ ނިޔާވި މުޙައްމަދު ރާމިޒު ހުރީ ނޮދަން އޭރިޔާ ޕޯސްޓުގައި ކަމަށެވެ.

މީގެ އިތުރުން ވެސް، އެމްއެންޑީއެފް އިން ބުނީ މިއަދު ހަވީރު ކުރިއަށް ގެންދިޔަ އެކްސަސައިޒެއްގައި އޭނާ ބައިވެރިވި ކަމަށާއި އެ އެކްސަސައިޒްގެ ތެރެއިން ދުވަމުން ދަނިކޮށް ކުއްލިއަކަށް އޭނާ ވެއްޓުނު ކަމަށެވެ. އަދި ވަގުތުން އޭނާއަށް ފަރުވާ ދިނުމަށް ޅ. ނައިފަރު ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އިތުރަށް އެމްއެންޑީއެފްއިން ބުނީ މިހާރު ރާމިޒްގެ ހަށިގަނޑު މާލެ ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރާމިޒް ނިޔާވިއިރު އެނާގެ އުމުރަކީ 48 އަހަރެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް
9 ޖެނުއަރީ 2019 | ބުދަ 19:04
ގޮޅާބޯ
މައްސަލަ ބަލާ ކޮމެޓީން ބަލަން ޖެހޭ ކޮބާ ހުސްނުއް ސުއޫދު؟
9 ޖެނުއަރީ 2019 | ބުދަ 17:48
suisseman
މަރްހޫމުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި..އާމީން