Advertisement
ކ. މާލެ
|
9 ޖެނުއަރީ 2019 | ބުދަ 17:04
އަމީރު އަހުމަދު ޕްރީސްކޫލް
އަމީރު އަހުމަދު ޕްރީސްކޫލް
އަޝްވާ ފަހީމް
ޕްރީ ސްކޫލްތަކުގެ ކިޔެވުން 2019
މާލޭގެ ޕްރީ ސްކޫލްތަކުގެ ކިޔެވުން ފެށުން ފަސްކޮށްފި
ކިޔެވުން ފެށުން މި މަހުގެ 20 ވަނަ ދުވަހަށް ވަނީ ފަސްކޮށްފައި

މާލޭގެ ޕްރީ ސްކޫލްތަކުގެ ދިރާސާ އާ އަހަރުގެ ކިޔެވުން ފެށުން މި މަހުގެ 20 ވަނަ ދުވަހަށް ފަސްކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

މާލޭގެ ސްކޫލްތަކަށް އެޑިއުކޭޝަންސް މިނިސްޓްރީން އަންގާރަ ދުވަހު އެންގި އެންގުމުގައި ވަނީ ޕްރީ ސްކޫލްތަކުގެ ކިޔެވުން ފެށުން މި މަހުުގެ 20 ވަނަ ދުވަހަށް ފަސްކުރަން ނިންމީ ފައުންޑޭޝަން ސްޓޭޖްގެ މަންހަޖަށް ގެނައި ބަދަލާ ގުޅިގެން އެކަން ޓީޗަރުންނާ ހިއްސާކޮށް، އެ މަންހަޖު ތަންފީޒު ކުރުމަށް ބޭނުންވާ ތަމްރީނުތައް ދިނުމަށް ކަމަށެވެ.

އެޑިއުކޭޝަންގެ އެންގުމުގައި ބުނެފައި ވަނީ، އަންނަ އާދިއްތަ ދުވަހުން ފެށިގެން މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް މާލޭގެ ޕްރީ ސްކޫލްތަކުގެ ޓީޗަރުންނަށް ވޯކްޝޮޕެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން ޕްރީ ސްކޫލްތަކުގެ ކިޔެވުން ފެށޭނީ މި މަހުގެ 20 ވަނަ ދުވަހު ކަމަށެވެ.

ޕްރީ ސްކޫލްތަކުގެ ކިޔެވުން ފަސް ކުރި ނަމަވެސް، ދިރާސީ އާ އަހަރުގެ ކިޔެވުންް އަންނަ އާދިއްތަ ދުވަހު ރަސްމީކޮށް ފަށާނެެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް