Advertisement
ކ. މާލެ
|
9 ޖެނުއަރީ 2019 | ބުދަ 13:51
ފުލުހުން ބަލަމުންދާ މައްސަލަތަކަކާ ގުޅިގެން ހޯދަމުންދާ މީހުން
ފުލުހުން ބަލަމުންދާ މައްސަލަތަކަކާ ގުޅިގެން ހޯދަމުންދާ މީހުން
ޕޮލިސް
ތަހުގީގަށް މީހުން ހޯދުން
ފަސް މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފި
ހޯދަނީ ސިވިލް ކޯޓުން ބަލަމުންދާ މައްސަލައެއްގައި ހާޒިރުވެފައި ނުވާތީ

ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ހާޒިރުވެފައިނުވާ ފަސް މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެން އެ މީހުން ހޯދުމަށް ފޮޓޯ އާންމުކޮށްފިއެވެ.

ފުލުހުން ހޯދަމަށް އިއުލާނުކޮށްފައި ވަނީ ގ. ޒަމާނީއާކުލަ، އިސްމާޢީލް ސާމިޙު އަޙްމަދު (37 އަހަރު) އާއި  ތ.ތިމަރަފުށި، ބުރެވިމާގެ، އިބްރާހިމް ރަޝީދު (53 އަހަރު) އާއި ހުޅުމާލެ ފްލެޓް 06-2-69، އަޙްމަދު މުޙައްމަދު (38 އަހަރު) އާއި ރ. ކަނދޮޅުދޫ، ދޮންވެލި، މުޙައްމަދު ރީހާން (33އަހަރު ) އާއި ސ.މީދޫ، މިރާޒް ގެ އިތުރުން މުޙައްމަދު ޟިރާރު (39 އަހަރު) އެވެ.

އިސްމާއީލް ސާމިޙު އަޙްމަދު އާއި އިބްރާހިމް ރަޝީދު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ސާބިތުދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ޖެނުވަރީ 13 ވަނަ ދުވަހުގެ 11:45 އަށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މީގެ ތެރެއިން އަހްމަދު މުހައްމަދު އާއި މުހައްމަދު ރީހާންގެ އިތުރުން މުހައްމަދު ޟިރާރު ހޯދަމުން ދަނީ ސިވިލް ކޯޓުގައި ދައުވާކުރާ ހުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުވެފައި ނުވާތީ އެ ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންނަށް އަމުރުކުރުމާ ގުޅިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް