Advertisement
ކ. މާލެ
|
9 ޖެނުއަރީ 2019 | ބުދަ 12:33
ޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ނަން ބޯޑު:-އެތަނުގެ ނިއުސްކޮންފަރެންސްއަށް ރާއްޖެޓީވީ ނުވެއްދި
ޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ނަން ބޯޑު:-އެތަނުގެ ނިއުސްކޮންފަރެންސްއަށް ރާއްޖެޓީވީ ނުވެއްދި
ޓްވިޓަރ
ޑީޖޭއޭ
ޑީޖޭއޭގެ ނޫސްވެރިންގެ ބައްދަލުވުމަށް ރާއްޖެޓީވީ ނުވެއްދި
ޝަރީއަތްތައް އަޑުއެހުމަށް ވެސް ރާއްޖެ ޓީވީ ނުވައްދާ

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ބާއްވަން ހަމަޖެއްސި ނޫސްވެރިންގެ ބައްދަލުވުމަށް ރާއްޖެ ޓީވީގެ ނޫސްވެރިން ވަނުން މަނާކޮށްފި އެވެ. 

ބުދަ ދުވަހުގެ ހެނދުނު ޑީޖޭއޭ އިން ބާއްވި ނޫސްވެރިންގެ ބައްދަލުވުމަށް ދައުވަތު ފޮނުވާފައިވަނީ އެ ޑިޕާޓްމެންޓްގެ މީޑިއާ ވަޓްސްއަޕް ގްރޫޕްގަ އެވެ. ނަމަވެސް ރާއްޖެ ޓީވީގެ ނޫސްވެރިން ޕްރެސް ކޮންފަރެންސްއިން ބޭރުކުރީ، ރާއްޖެ ޓީވީގެ ނޫސްވެރިންނާއި ކެމެރާމަނުން ގޮސް ލައިވް ކުރަން ކެމެރާ ވެސް ސެޓްކުރި ފަހުންނެވެ.

އެ ޑިޕާޓްމެންޓުން ބުނީ ޝަރުއީ ދާއިރާއިން ބާއްވާ އެއްވެސް ހަރަކާތެއް އަދި ޝަރީއަތުގެ އަޑުއެހުމެއް ކަވަރުކުރުމަށް ރާއްޖެ ޓީވީއަށް ފުރުސަތު ނުދެވޭނެ ކަމަށާއި އެ ގޮތަށް ނިންމާފައި ވަނީ ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށެވެ. 

ޑީޖޭއޭ އަކީ ޝަރުއީ ދާއިރާގެ އިދާރީ ހިންގުމުގެ އެންމެ އިސް ފަރާތެވެ. އެތަން ހިނގަމުން ދަނީ ސުޕްރީމް ކޯޓުގެ ދަށުންނެވެ. ޝަރުޢީ އެއްވެސް ކޯޓެއްގެ ޝަރީޢަތުގެ އަޑުއެހުންތަކާއި، ޝަރުޢީ ދާއިރާގެ ޙަރަކާތްތައް ކަވަރ ކުރުމުގެ ފުރުޞަތު ރާއްޖެޓީވީ އަށް ނުދިނުމަށް ސުޕްރީމް ކޯޓުން ނިންމާފައި ވަނީ ރާއްޖެޓީވީގެ "ފަށާއިރު" އެ ޕްރޮގްރާމްގައި ޝަރުއީ ނިޒާމުގެ ހުރުމަތް ކެނޑޭ ފަދަ ވާހަކަތަކެއް ދައްކާފައިވާ ކަމަށް ބުނެ އެވެ.

މީގެ ދެ މަސް ކުރިން ނިންމާފައިވާ އެ ނިންމުން އެގޮތަށް ކުރިއަށް ގެންދާއިރު، ސުޕްރީމް ކޯޓުގެ އެ ޝަކުވާއާ ގުޅިގެން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އިން ނިންމައިފައިވަނީ ޝަރުއީ ދާއިރާގެ ކޯޓުތަކުގެ ހުރުމަތް ކެނޑޭ ފަދަ ކޮންޓެެންޓެއް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ގެނެސްދީފައިނުވާ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް