Advertisement
ކ. މާލެ
|
8 ޖެނުއަރީ 2019 | އަންގާރަ 22:51
ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ގެ މެމްބަރުން
ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ގެ މެމްބަރުން
ރައީސް އޮފީސް
ރިޔާސީ ކޮމިޝަން
ދައުލަތުގެ ކޮރަޕްޝަނާ ގުޅޭ މައުލޫމާތު ހުށައެޅުމަށް ހުޅުވާލައިފި
ހުޅުއްވައިލެއްވީ ދައުލަތުގެ ކޮރަޕްޝަންގެ މައްސަލަތަކުގެ ތެރެއިން ތަހުގީގުނުކޮށް ހުރި މައްސަލަތަކާއި، އެކަށީގެންވާ މިންވަރަށް ތަހުގީގުކޮށްފައިނުވާ މައްސަލަތަކުގެ ތެރެއިން 1 ޖަނަވަރީ 2012 އިން ފެށިގެން

ދައުލަތުގެ ކޮރަޕްޝަނާ ގުޅޭ މައުލޫމާތު "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" އަށް ހުށައެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންގާރަ ދުވަހު ހުޅުއްވައިލެއްވީ ދައުލަތުގެ ކޮރަޕްޝަންގެ މައްސަލަތަކުގެ ތެރެއިން ތަހުގީގު ނުކޮށް ހުރި މައްސަލަތަކާއި، އެކަށީގެންވާ މިންވަރަށް ތަހުގީގުކޮށްފައިނުވާ މައްސަލަތަކުގެ ތެރެއިން 1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެންބަރު 2018 ގެ ނިޔަލަށް ހިންގައިފައިވާ މައްސަލަތަކުގެ މަޢުލޫމާތު ހުށައެޅުމަށެވެ.

އެފަދަ މައްސަލަތައް ހުށައަޅަން ބޭނުންވާ ފަރާތްތަކުން، 24 ފެބުރުވަރީގެ ކުރިން، "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" އަށް ލިޔުމުން މައުލޫމާތު ހުށައެޅުއްވުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ. އަދި އީމެއިލްގެ ޒަރީއާއިން މައްސަލަ ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، [email protected] އަށް ވެސް ފޮނުވޭނެއެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި، އެ ކޮމިޝަންގެ ވެބްސައިޓުގައިވާ ޕޯޓަލް މެދުވެރިކޮށް، މައްސަލަ ހުށަހަޅާ ފަރާތް ނޭނގޭގޮތަށް ކޮމިޝަނަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު ހުޅުއްވައިލައްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިއުލާނުގައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ، ދައުލަތުގެ ތެރޭގައި ހިނގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ފުރިހަމައަށް ތަހުގީގު ކުރުމަށްޓަކައި ވެވަޑައިގެންފައިވާ ވަޢުދުފުޅު ފުއްދެވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު މަގާމާ ހަވާލުވެވަޑައިގެންނެވި ދުވަހު "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ގެ ނަމުގައި ރިޔާސީ ކޮމިޝަނެއް އުފައްދަވައިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް