Advertisement
ކ. މާލެ
|
8 ޖެނުއަރީ 2019 | އަންގާރަ 16:47
ޖުޑީޝަލް ސާވިސަ ކޮމިޝަން
ޖުޑީޝަލް ސާވިސަ ކޮމިޝަން
މުހައްމަދު ޝަރުހާން
ޖޭއެސްސީ
ސުއޫދު ދެއްކެވި ވާހަކައިގެ ހަގީގަތް ހޯދަން ޖޭއެސްސީން ކޮމެޓީއެއް އުފައްދައިފި
ކޮމެޓީގައި ހިމެނޭ މީހުންގެ ނަންތައް ޙާމައެއް ނުކުރޭ

ގޭންގުތަކުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައިގެން ވަކި ގޮތަކަށް ކްރިމިނަލް ކޯޓުން ހުކުމް ކުރާ ކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ދެއްކެވި ވާހަކަފުޅުގެ ހަގީގަތް ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކޮމެޓީއެއް އުފައްދައިފިއެވެ.

ފަނޑިޔާރުންގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ލިބިފައިވާ ޖޭއެސްސީން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެން ފަނޑިޔާރުން އައްޔަން ކުރުމާއި ޝަކުވާތައް ބެލުމާއި ފިޔަވަޅު އެޅުމާއި ފަނޑިޔާރުން ވަކިކުރުމަށް ހުށަހަޅަންޖެހޭ ފަރާތްތަކަށް ފޮނުވުމަކީ އެ ކޮމިޝަންގެ މަސްއޫލިއްޔަތެއް ކަމަށެވެ. ނަމަވެސް ޖޭއެސްސީއަށް އެ މައުލޫމާތެއް ހުށަހެޅުމެއް ނެތި، ފަނޑިޔާރުންނާމެދު ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށް ސުއޫދު ވާހަކަފުޅު ދެއްކެވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ޖޭއެސްސީގެ ބަޔާނުގައިވެއެވެ.

ސުއޫދު ދެއްކެވި ވާހަކައިގެ ހަގީގަތް ހޯދަން ޖޭއެސްސީން އުފެއްދި ކޮމެޓީގައި ހިމެނޭ ބޭފުޅުންގެ ތަފްސީލެއް އެ ކޮމިޝަނަކުން ނުބުނެއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު 30 ވަނަ ދުވަހު ރައީސް އޮފީސްގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ސުއޫދު ވިދާޅުވީ ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމަށް ބައެއް ގޭންގުތަކަށް ކޯޓާއެއް ލިބިފައިވާ ކަމަށެވެ. ގޭންގުތަކުގެ ނުފޫޒު ފަނޑިޔާރުންގެ މައްޗަށް އެބަ އޮތް ކަމަށާއި އެކަމުގައި ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ ބައިވެރިވުން ވެސް އޮތް ކަމަށް ސުއޫދު ވިދާޅުވެފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް