Advertisement
ކ. މާލެ
|
8 ޖެނުއަރީ 2019 | އަންގާރަ 14:02
ނ. ހެނބަދޫ، އެންދެރިމާގެ، މުޙައްމަދު އަޒުމީރު: އޭނާ ގެއްލުނީ ތިން މަސް ކުރިން
ނ. ހެނބަދޫ، އެންދެރިމާގެ، މުޙައްމަދު އަޒުމީރު: އޭނާ ގެއްލުނީ ތިން މަސް ކުރިން
ޕޮލިސް
ގެއްލިގެން ހޯދުން
މީހަކު ގެއްލުނުތާ ތިން މަސް ފަހުން ހޯދަން އިއުލާންކޮށްފި
އޭނާ ގެއްލުނީ ހެނބަދޫގައި ހިނގި ކަމަކާ ގުޅިގެން

އާއިލާއަށް ފިލައިގެން އުޅޭ މީހަކު ގެއްލިގެން، ހޯދަން ފުލުހުންނަށް ހުށަހެޅިތާ ތިން މަސް ފަހުން އޭނާ ހޯދަން ފޮޓޯ އާންމުކޮށްފިއެވެ.

ވީނުވީއެއް ނޭނގި ގެއްލިގެން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ހޯދަމުންދަނީ ނ. ހެނބަދޫ، އެންދެރިމާގެ އުމުރުން 25 އަހަރުގެ މުޙައްމަދު އަޒުމީރެވެ. އޭނާ ގެއްލުނު މައްސަލަ ބަލަމުންދަނީ ނ. މަނަދޫ ޕޮލިސް ސްޓޭޝަނުން ކަމަށް ފުލުހުން ބުންޏެވެ.

ގެއްލުނު ޒުވާނާގެ ބައްޕަ އިބްރާހިމް އާދަމް "ރާއްޖެއެމްވީ" އަށް ވިދާޅުވީ ދަރިފުޅު ގެއްލިގެން ފުލުހުންނަށް މައްސަލަ ހުށަހެޅީ މީގެ ތިން މަސް ކުރިން ކަމަށާއި ބޮޑަށް ބެލެވެނީ ދަރިފުޅު ފިލާފައިވާ ކަމަށެވެ. ދަރިފުޅު ފިލީ ހެނބަދޫގައި ހިނގި ކަމަކާ ގުޅިގެން ކަމަށާއި އޭގެ ފަހުން ދަރިފުޅުގެ ޚަބަރެއް ނުވާ ކަމަށް އޭނާ ބުންޏެވެ.

"ހުރި ފިޔަވަޅު މަތީގައި އަރުއްވައިގަތީ ކަމެއް، ބިންފަޅާފައި އަޑިއަށް ދިޔައީ ކަމެއް ނޭނގޭ،" ފަސް ދަރިންގެ ބައްޕަ އިބްރާހިމް އާދަމް ވިދާޅުވިއެވެ. ގެއްލުނީ އޭނާގެ ދޮށީ ދަރިފުޅެވެ.

ގެއްލުނު އަޒުމީރުއަކީ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ ޒުވާނެކެވެ. އޭނާ ބައްޕަ ބުނީ ދަރިފުޅަށް މަސްތުވާތަކެތި ދިނީ ބަޔަކު ގަދަކަމުން ކަމަށެވެ.

އިބްރާހިމް އާދަމް ބުނީ ދަރިފުޅު ގެއްލިގެން ފުލުހުންނަށް އެކި ފަހަރުމަތިން ރިޕޯޓް ކުރި ކަމަށާއި ތިން ޕޮލިސް ސްޓޭޝަނަކަށް ވެސް އެ މައްސަލަ ހުށަހެޅި ކަމަށެވެ. އެގޮތުން ޅ. ނައިފަރު ޕޮލިސް ސްޓޭޝަނަށާއި ށ. ފުނަދޫ ޕޮލިސް ސްޓޭޝަނަށާއި ނ. މަނަދޫ ޕޮލިސް ސްޓޭޝަނަށް ވެސް މައްސަލަ ހުށަހެޅި ކަމަށެވެ. އޭނާ ހޯދަން އިއުލާން ކުރުން ލަސްވުމާ ގުޅިގެން އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް