Advertisement
ކ. މާލެ
|
8 ޖެނުއަރީ 2019 | އަންގާރަ 13:12
ހައުސިން މިނިސްޓަރު އާތިފާ ޝަކޫރު: ހައުސިން މިނިސްޓްރީ އާއި ނެޝަނަލް ޕްލޭނިން މިނިސްޓްރީގެ މެންޑޭޓަށް ވަނީ ބަދަލުތަކެއް ގެނެސްފައި
ހައުސިން މިނިސްޓަރު އާތިފާ ޝަކޫރު: ހައުސިން މިނިސްޓްރީ އާއި ނެޝަނަލް ޕްލޭނިން މިނިސްޓްރީގެ މެންޑޭޓަށް ވަނީ ބަދަލުތަކެއް ގެނެސްފައި
މުހައްމަދު ޝަރުހާން
ހައުސިންގ މިނިސްޓްރީ
ހައުސިން މިނިސްޓްރީގެ މެންޑޭޓަށް ބަދަލު ގެނެސްފި
ހައުސިން މިނިސްޓްރީން ކުރިއަށް ގެންދާނީ ބޯހިޔާވަހިކަމާ ގުޅޭ މަސައްކަތްތައް

ހައުސިން މިނިސްޓްރީގެ މެންޑިޑޭޓަށް ބަދަލުތަކެއް ގެނެސް، ދެ މިނިސްޓްރީގެ މެންޑޭޓްގެ ފުށޫއެރުން ނައްތާލައިފި އެވެ. 

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ އާބަން ޑިވެލޮޕްމަންޓްގެ ހުރިހާ ފަންގްޝަންތައް ހައުސިން މިނިސްޓްރީގެ މެންޑިޑޭޓުން ނަގާފައިވާ ކަމަށެވެ. 

ކުރިން އެ މިނިސްޓްރީގައި އޮތް އާބަން ޑިވެލޮޕްމެންޓް މެންޑޭޓް ބަދަލުކޮށްފައި ވަނީ، މިނިސްޓްރީގެ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓަރަކްޗާ އަށެވެ. 

ދެމިނިސްޓްރީގެ މެންޑިޑޭޓަށް މިގެނެވުނު ބަދަލާ ގުޅިގެން ހައުސިން މިނިސްޓްރީން ބަލަހައްޓާނީ ބޯހިޔާވަހިކަމާއި، ގެދޮރުވެރިކަމާއި ގުޅޭ މަސައްކަތްތައް ކަމަށެވެ.

މި ބަދަލު ގެނައީ ކީއްވެގެން ކަމެއް ހޫދު ވިދާޅެއް ނުވެ އެވެ. ނަމަވެސް މި ގެނެވުނު ބަދަލާ ގުޅިގެން ހައުސިން މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީގެ މެންޑޭޓްގައި ކުރިން ހުރި ފުށުއެރުންތައް ހައްލުވެގެންދާނެ އެވެ. 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް