Advertisement
ކ. މާލެ
|
8 ޖެނުއަރީ 2019 | އަންގާރަ 07:14
ފުލުހުންގެ މައި އިދާރާ
ފުލުހުންގެ މައި އިދާރާ
މުހައްމަދު ޝަރުހާން
މޯލްޑިވްސް ޕޮލިސް ސަރވިސް
ސޯޝަލް މީޑީއާގައި އިންޒާރު ދޭ މައްސަލަ ފުލުހުން ބަލަނީ
ވަކި ވަކި ފަރުދުންނަށް ބިރުދައްކާ އިންޒާރު ދިނުން ހުއްޓަންޖެހޭ

ވަކި ފަރާތަކަށް އިންޒާރު ދޭ ގޮތަށް ޓްވިޓަރ އާއި ފޭސްބުކް ފަދަ ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ލިޔެފައި ހުންނަ ލިޔުންތައް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަހުގީގު ކުރަން ފަށައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހޯމަ ދުވަހު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ނަފްރަތާއި އިންޒާރުގެ މެސެޖްތައް ވަނީ އެ ސަރވިސް ސަމާލުކަމަށް އައިސްފައިކަމަށެވެ. މިފަދަ މައްސަލަ ތަހުގީގު ކުރެވެމުންދާ ދަނޑިވަޅެއްގައި، އިޙްތިރާމް ގެއްލޭފަދަ ބޭއަދަބީ ވާހަކަ ނުދެއްކުމާއި، އަދި ޚާއްސަކޮށް ވަކި ވަކި ފަރުދުންނަށް ބިރުދައްކައި އިންޒާރު ދިނުމުން ހުއްޓާލުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވަނީ އިލްތިމާސް ކޮށްފައެވެ.

ހިޔާލުތަފާތުވުންތައް ގިނަ ވުމުގެ ސަބަބުން ސޯޝަލް މީޑިިއާގައި ކާކުކަން ނޭނގޭ ގޮތަށް ހަދާފައިވާ އެކައުންޓުތަކުން މަރުގެ އިންޒާރުތައް ވެސް ދީފައިވެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް