Advertisement
ކ. މާލެ
|
8 ޖެނުއަރީ 2019 | އަންގާރަ 01:39
ރައީސް ނަޝީދު
ރައީސް ނަޝީދު
އަލީ ސަމާޚް
ރައީސް ނަޝީދު
އެންޓި ޑިފެކްޝަން ގާނޫނު އޮންނަން ޖެހޭ: ނަޝީދު
މެމްބަރުން ރައްޔިތުންނާ ބައްދަލު ކުރަން ޖެހޭނެ

ޕާޓީ ބަދަލުކުރުމާއި ޕާޓީން ވަކިކުރާ މަޖިލީހުގެ މެމްބަރުން ގޮނޑި ގެއްލޭ އެންޓި ޑިފެކްޝަން ގާނޫނު އޮންނަން ޖެހޭ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މާފަންނު މެދު ދާއިރާއަށް އެމްޑީޕީ ޕްރައިމަރީ ގައި ވާދަކުރައްވާ އިބްރާހިމް ރަޝީދު (ބޮންޑޭ)ގެ ކެމްޕޭނު ލޯންޗު ކުރުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ރައްޔިތުން މަޖިލީހަށް އައްޔަން ކުރާ މެމްބަރުންނަކީ ރައްޔިތުން ވޯޓު ދީގެން އިންތިހާބު ކުރެވޭ މެމްބަރުންނަށް ވާއިރު، އެ މެމްބަރުން އިންތިހާބުވާ ޕާޓީ ނޫން އެހެން ޕާޓީ އަކަށް ބަދަލުވެވިގެން ނުވާނެ ކަމަށެވެ. އެކަމަށް އެންޓި ޑިފެކްޝަން ގާނޫނު އޮންނަން މަޖުބޫރު ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

''އެތަނަށް މެމްބަރުން އިންތިހާބު ކުރަނީ ތިބޭފުޅުން. ތިބޭފުޅުން ބޭނުންވެލެއްވި ބޭފުޅަކު އެތަނުގައި އިންނަވަނީ. ތިބޭފުޅުން ނިންމަވާންވީ ކޮންބައެއްތޯ ތިބޭފުޅުންގެ ފަރާތުން ތަމްސީލް ކުރާނީ. އެބަޔަކު އެތަނުގައި ތިބޭނީ. ޕާޓީ ބަދަލު ކުރުމުގެ ބިލް މަޖިލީހުގައި ފާސްވާން ޖެހޭނެ. ޕާޓީ ބަދަލުވެގެން ނުވާނެ،'' އެމަނިކުފާނު ވިދާޅުވިއެވެ.

އެންޓި ޑިފެކްޝަން ގާނޫނުގެ ބިލް ބާތިލް ކޮށްފައި ވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހުއެވެ. އެންޓި ޑިފެކްޝަން ގާނޫނު ބާތިލްކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ 37 މެމްބަރުންގެ އަޣްލަބިއްޔަތުން، އެ ގާނޫނު ބާތިލު ކުރުމަށް ފާސްކުރި ގާނޫނު ރައީސް ޔާމީން ތަސްދީގު ކުރެއްވުމުންނެވެ.

ނަޝީދު ވިދާޅުވީ 19 ވަނަ މަޖީލިހަށް އިންތިހާބުވާ މެމްބަރުން، އެ މެމްބަރުން އިންތިހާބު ކުރި ރައްޔިތުންނާ ބައްދަލުކުރުން މަޖުބޫރުވާ ގޮތަށް ގާނޫނެއް ހަދާނެ ކަމަށާއި ރައްޔިތުންގެ ހާލު އަހުވާލު ބެލުން އެއީ އެ އާ މަޖިލީހުގެ މެމްބަރުންގެ މަސައްކަތައް ވާނެ ކަމަށެވެ. އާ މަޖިލީހުގެ މެމްބަރުން ނަންގަވާ މުސާރަ އެކަމާ ގުޅިފައިވާން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

މާފަންނު މެދު ދާއިރާއަށް ބޮންޑޭ ހިމެނޭ ގޮތަށް އެމްޑީޕީ ޕްރައިމަރީގައި ފަސް ބޭފުޅަކު ވާދަކުރައްވާއެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރު ވެސް ހިމެނިވަޑައިގަންނަވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް