Advertisement
ކ. މާލެ
|
8 ޖެނުއަރީ 2019 | އަންގާރަ 00:44
އަލިފާން ރޯވި ކާރު
އަލިފާން ރޯވި ކާރު
މުހައްމަދު ޝަރުހާން
ކާރެއްގައި އަލިފާން ރޯވުން
ބްރިޖުން ދުއްވާފައި ދިޔަ ކާރެއްގައި ރޯވެއްޖެ
ހާދިސާގައި މީހަކަށް ހާނިކައެއް ނުވޭ

ސިނަމާލެ ބްރިޖު ހައިވޭގައި ދަތުރުކުރަމުން ދިޔަ ކާރެއްގައި ރޯވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ ހޯމަ ދުވަހުގެ ރޭ 11:37ގައި ކަމަށެވެ. ފަޔަރ އެންޑް ރެސްކިއު ޓީމުން އެ ސަރަހައްދަށް ދިޔައިރު، އަލިފާން ނިއްވާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފްގެ މީޑީއާ އޮފިޝަލް ކެޕްޓަން އިބްރާހިމް އާޒިމް "ރާއްޖެއެމްވީ"އަށް ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ ކާރު މެއިންޓެނެންސް ނުކޮށް ގިނަ ދުވަހު އޮތުމުން ކަމަށާއި އެއީ ކާރުގެ އަޑީތެޔު ބަދަލު ނުކުރުމުގެ ސަބަބުން ދިމާވެފައިވާ ހާދިސާއެއް ކަމަށެވެ. އެ ހާދިސާ އެންމެ ފުރަތަމަ ރިޕޯޓު ކޮށްފައި ވަނީ ކާރުން އާދަޔާ ހިލާފަށް ދުން އަރާތީ ކަމަށް އާޒިމް ވިދާޅުވިއެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ހާނިކައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް
7 ޖެނުއަރީ 2019 | ހޯމަ 20:28
curse
This bridge is a curse